ވަޒީފާގެ ފުރުޞަތު
ނަންބަރު: I-2015 /35
ޕަބްލިޝްކުރި ތާރީޚް: 10 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 11:42
ސުންގަޑި: 18 ފެބުރުވަރީ 2015 15:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މަޤާމު:

އެސިސްޓެންޓް އޮފިސަރ

ވަޒީފާގެ ދާއިރާ:       

ޓްރާންސްޕޯޓް ސެކިއުރިޓީ އެންޑް މެއިންޓަނަންސް

ބޭނުންވާ ޢަދަދު:       

01

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ:  

-/5,740 ރ އާއި -/10,000 ރ އާ ދެމެދު

ފެންވަރު ނުވަތަ ޝަރުޠު:   

ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން "ސީ" ފާސް ލިބިފައިވުމާއެކު މައިކްރޯ ސޮފްޓް އޮފީސް ޕެކޭޖް ބޭނުންކޮށްގެން މަސައްކަތްކުރަން އެނގޭ ފަރާތެއް ކަމުގައިވުން.

ދާއިރާގެ މައިގަނޑު މަސައްކަތް:

  • ޓްރާންސްޕޯޓް ޔުނިޓުގެ އިދާރީ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައްކުރުން.
  • ކުއްޔަށް ހިފަންޖެހޭ ވެހިކަލްތައް ކުއްޔަށް ހިފުމާއި، އެކަމާގުޅޭގޮތުން ފުރިހަމަ ކުރަންޖެހޭ ލިޔެކިއުންތައް ފުރިހަމަ ކުރުމާއި ރިކޯޑްތައް ބެލެހެއްޓުން.
  • ހަމަޖެހިފައިވާ އުސޫލުން ވެހިކަލްތަކުގެ ދަތުރުތަކާއި ވެހިކަލްތަކަށް ދިމާވާ މައްސަލަތައް ނޯޓްކުރުމާއި، ޑިއުޓީ ރިޕޯޓް ތައްޔާރުކޮށް ރިކޯޑްސް ބެލެހެއްޓުން.
  •  ޓްރާންސްޕޯޓް ޔުނިޓްގެ ޔައުމިއްޔާ ލިޔުން.
  • ޓްރާންސްޕޯޓް ޔުނިޓްގެ މުވައްޒަފުންނާއި ބެހޭ އެންމެހައި މަސައްކަތްކުރުމާއި  މުސާރައަށް ބޭނުންވާ ރިޕޯޓްތައް ތައްޔާރު ކުރުމާއި ރެކޯޑްސް ބެލެހެއްޓުން.

މަޤާމު:

އެސިސްޓެންޓް އޮފިސަރ

ވަޒީފާގެ ދާއިރާ:       

ކަސްޓަމަރ ސާރވިސަސް އެންޑް ބިލިންގ ޑިޕާރޓްމަންޓް

ބޭނުންވާ ޢަދަދު:       

01

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ:  

-/5,740 ރ. އާއި -/12,000 ރ. އާ ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:   

ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައި ވުމާއެކު، އެސް.އެސް.ސީ އިމްތިޙާނުން ދިވެހިން ދަށްވެގެން " ސީ " ފާސް ލިބިފައިވުން.

ދާއިރާގެ މައިގަނޑު މަސައްކަތް:

ކުންފުނިން ކަރަންޓުގެ ޚިދުމަތްދެވޭ ތަންތަނުން ރީޑިންގ ނެގުމާއި، ބިލް ހެދުމާއި، ބިލް ޙަވާލުކުރުން. އަދި ގަވާއިދުން ކަރަންޓު ބިލަށް ފައިސާ ނުދައްކާ ފަރާތްތަކުން ކަރަންޓު ކެނޑުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚު:

18 ފެބުރުވަރީ 2015  ދުވަހުގެ 15:00 ގެ ކުރިން

މިވަޒީފާތަކަކީ ކޮންޓްރެކްޓް އުސޫލުން 1 އަހަރު ދުވަހުގެ މުއްދަތަށް ކަނޑައަޅާފައިވާ ވަޒީފާތަކެކެވެ. ނަމަވެސް ވަޒީފާއަށް ހޮވޭ ފަރާތުގެ ހާޒިރީއާއި މަސައްކަތުގެ ފެންވަރަށް ބަލައި ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

މިމަޤާމުތަކަަށް އެދިލައްވާ ފަރާތްތަކުން މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ވަޒީފާއަށް އެދޭފޯމް ނެންގެވުމަށްފަހު، ފުރިހަމަކުރައްވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން އަދި އައި.ޑީކާޑްގެ ކޮޕީ ވަޒީފާއަށްއެދޭ ފޯމާއެކު މިކުންފުންނީގެ ހެޑްއޮފީހުގެ ރިސެޕްޝަނަށް  18 ފެބުރުވަރީ 2015 ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ ވެބްސައިޓް www.stelco.com.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ. އިންޓަރވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

20 ރަބީޢުލްއާޚިރު 1436

10 ފެބުރުވަރީ 2015