ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)101/1/2023/174
ޕަބްލިޝްކުރި ތާރީޚް: 30 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 13:28
ސުންގަޑި: 17 އޮގަސްޓް 2023 11:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓުގެ ދަށުން ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑަށް ވެހިކަލެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓުގެ ދަށުން ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑަށް ވެހިކަލެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭ.ޑީ.ބީ) ގެ މާލީ އެހީތެރިކަމާއެކު، މި މިނިސްޓްރީއިން ތަންފީޛުކުރަމުންދާ ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓުގެ ދަށުން، ސިންގަލްވިންޑޯ ނިޒާމުގެ އޮޕަރޭޓަރ ކުންފުނިކަމުގައިވާ ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑަށް ވެހިކަލެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް މި މިނިސްޓްރީއިން ކުރި ނަންބަރ: (IUL)101/1/2023/144 (7 ޖޫން 2023) އިޢުލާން އާއި ހަވާލާދީ ދަންނަވަމެވެ. މި އިޢުލާނާއެކު ޢާއްމުކޮށްފައިވާ މައުލޫމާތު ކަރުދާހަށް ބަދަލުގެނެސް، އިތުރަށް ފުރިހަމަކުރުމަށްފަހު އަލުން އިޢުލާންކުރުމަށް ނިންމާފައިވާތީ، ދެންނެވުނު މަޢުލޫމާތު ފުރިހަމަކުރުމަށްފަހު، ބީލަން އަލުން ހުށަހެޅުމުގެ ފުރުޞަތު، މި އިޢުލާނާއެކު ހިމެނިފައިވާ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މިބީލަންގެ ކަންކަން ކުރިއަށްގެންދާނީ އޭ.ޑީ.ބީ ގެ ޕްރޮކިއުމަންޓް ރެގިއުލޭޝަންގެ ރިކުއެސްޓް ފޮ ކޯޓޭޝަން (އާރް.އެފް.ކިއު)ގެ އުސޫލުތަކާއި އެއްގޮތަށެވެ. ވިމާ، ބީލަން ކާމިޔާބުކުރާ ފަރާތާއެކު ޚިދުމަތާއި ތަކެތި ހޯދުމަށް މި މިނިސްޓްރީއިން ސޮއިކުރާ އެއްބަސްވުން އެކުލަވާލެވޭނީ، މި އިޢުލާނާއެކު ހިމެނިފައިވާ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ އޭ.ޑީ.ބީ ގެ ޝަރުތުތައް ނުވަތަ ޓާރމްސް އެންޑް ކޮންޑިޝަންސް އާއި އެއްގޮތަށެވެ.

ވެހިކަލް ސަޕްލައި ކޮށްދިނުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް، 2 އޯގަސްޓް 2023 ވާ ބުދަ ދުވަހުގެ 09:00 ގައި މިމިނިސްޓްރީ (ވެލާނާގެ 11 ވަނަ ފަންގިފިލާ) ގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އަގު ހުށަހަޅުއްވާ ފަރާތްތަކުން 17 އޯގަސްޓް 2023 ވާ ބުރާސްފަތި  ދުވަހުގެ 11:00 ގައި މިނިސްޓްރީ (ވެލާނާގެ 11 ވަނަ ފްލޯ)  އަށް ވަޑައިގެންއަގު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސެޝަންގައި ބައިވެރިނުވާ ފަރާތްތަކަށްވެސް އަގު ހުށަހެޅުމުގެ ފުރުސަތު ލިބިގެންވެއެވެ.

މި އިޢުލާނާއިގުޅޭ މަޢުލޫމާތު ކަރުދާސް، ގެޒެޓްގައި ޝާއިޢުކޮށް އަދި މި މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުންލޯޑްކުރެވޭނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 7988802 އަށް ގުޅުއްވުން އެދެމެވެ.

އަގު ހުށަހަޅާއިރު ހުށަހަޅަންޖެހޭ ތަކެތި/ލިޔެކިއުން؛

  1. ފުރިހަމަކޮށް، ސޮއިކޮށްފައިވާ ބީލަން ހުށަހަޅާފޯމް
  2. އެސްޓިމޭޓް / ކޯޓޭޝަން (ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ އަދަދުތައް ހިމަނައިގެން)
  3. ބިޑް ހުށަހަޅާ ފަރާތުގެ ޕްރޮފައިލް
  4. އަގުހުށަހަޅާ ތަކެތީގެ ފޮޓޯ އާއި ސްޕެސިފިކޭޝަން
  5. އަގުހުށަހަޅާ ތަކެތީގެ ކަންޓްރީ އޮފް އޮރިޖިން ބަޔާންކުރާ ލިޔުން.
  6. ކުންފުނި ނުވަތަ ވިޔަފާރީގެ ރަޖިސްޓްރޭޝަން ކޮޕީ
  7. ފޯމް އޮފް ކޯޓޭޝަން (ގެޒެޓްގައި ހިމެނިފައި)

މަތީގައި ބަޔާން ކުރެވިފައިވާ ތަކެތި/ލިޔުންތައް ހަމަ ނޫން ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ.

30 ޖުލައި 2023

30 ޖުލައި 2023