ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)415-HR/415/2023/102
ޕަބްލިޝްކުރި ތާރީޚް: 23 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 10:02
ސުންގަޑި: 09 އޮގަސްޓް 2023 14:00
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލީގަލް އޮފިސަރ

އިޢުލާނު

 

 

މަޤާމު:

ލީގަލް އޮފިސަރ

 

ކްލެސިފިކޭޝަން:  

ލީގަލް ސަރވިސް ޕްރޮފެޝަނަލްސް

 

ރޭންކް:

ސީ.އެސް 9 - 2

 

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް (23 މަސްދުވަސް)

 

މަސައްކަތް ކުރަންޖެހޭ ތަން:

ގދ.ތިނަދޫ ކައުންސިލްގެ އިދާރާ

 

މުސާރަ:

10,800/-ރ (ދިހަހާސް އަށްސަތޭކަ ރުފިޔާ)

 

ސާރވިސް އެލވަންސް:

3,000/-ރ (ތިންހާސް ރުފިޔާ)

 

އޯވަރޓައިމް އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 

ބޭނުންވާ ޢަދަދު:

01 (އެކެއް)

 

މަޤާމުގެ ޝަރުޠު:

ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

............................................................................

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

ލޯ

ޝަރީޢާ އެންޑް ލޯ

މަޤާމުގެ ކޯ ޑިސިޕްލިންސް:

ނެތް

ޕްރިފަރޑް ޑިސިޕްލިންސް:

ނެތް

-----------------------------------------------------------------------------------------------

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

ލޯ (ޤާނޫނީ ދާއިރާ)

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

މައިގަނޑު މަސައްކަތް:

ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒު ކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާއި އިރުޝާދުގެ މަތިން ރާވައި ހިންގައި ބެލެހެއްޓުމާއެކު އެ ނިންމުންތައް ތަންފީޒު ކުރުމަށްޓަކައި ޢަމަލީ ގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.

ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް އެއްބާރުލުންދީ ޖަވާބު ދާރީވުން.

ޤާނޫނު ނަންބަރ: 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ކައުންސިލުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތްތައް ކައުންސިލާއި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާ އިރުޝާދުގެ މަތިން ރާވައި، ހިންގައި ބެލެހެއްޓުން.

ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ ކަންކަމުގައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމުގައި އެހެން މުވައްޒަފުންނަށް އެހީތެރިކަން ދިނުން

އެކި ފަރާތްތަކާ ކުރެވޭ މުޢާމަލާތްތަކާއި ގުޅިގެން އުފެދޭ މައްސަލަތަކާ ގުޅޭގޮތުންނާއި، އޮފީހަށް ގާނޫނީ ލަފާދިނުމާއި ގާނޫނީ ލިޔެކިއުންތައް އެކުލަވާލައި ތައްޔާރުކުރުން.

ކައުންސިލުން ކަނޑައަޅާ  ސިޔާސަތުތަކާ ގުޅޭ ގޮތުން ހަދަންޖެހޭ އުޞޫލުތަކާއި، ގަވާއިދުތައް ހެދުން.

އެހެނިހެން ފަރާތްތަކާ ދެމެދުކުރެވޭ އެއްބަސްވުންތަކާ ބެހޭ ގޮތުން ލަފަޔާއި އިރުޝާދު ދިނުން.

ގަވާއިދުތަކަށް އަމަލުކުރަން ފެށުމާބެހޭގޮތުން ގާނޫނީ ލަފަޔާއި އިރުޝާދު ދިނުން.

ސިވިލް ސަރވިސް ކޮމިޝަން އަދި އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ މުވައްސަސާތަކުން އެކި މައްސަލަތާގުޅިގެން ހޯދަން ބޭނުންވާ ލިޔުންތައް ފޮނުވުމާއި، އެތަންތަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން މި ކައުންސިލަށް ބެލުމަށް އަންގާ މައްސަލަތައް ބެލުން.

ތިނަދޫ ކައުންސިލްގެ އިދާރާއަށް ތަކެއްޗާއި ޚިދުމަތް ހޯދުމުގެ އެންމެހައި މަސައްކަތްތައް ހިނގާ ގޮތް ވިލަރެސްކޮށް ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވައިދާއި ޚިލާފުވާ ކަންކަން ފާހަގަކޮށް އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް ލަފާދިނުން.

ކައުންސިލްގެ ބަޖެޓް ރިޕޯޓް އަދި އަހަރީ ރިޕޯޓް ޤާނޫނާއި ގަވައިދާއި އެއްގޮތަށް ކުރަމުންދާކަން ކަށަވަރުކުރުން.

 އަހަރީ ރިޕޯޓް ހެދުމުގައި ފުރިހަމަ އެއްބާރުލުން ދިނުން.

މިއިދާރާގެ އިންޓާނަލް އޮޑިޓްކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

އިޤްތިޞާދީ ނުވަތަ އިޖްތިމާޢީ ބޭނުންތަކަށް ކައުންސިލުން ނިންމާފައިވާ ގޮތުގެމަތިން ކައުންސިލްގެ ނަމުގައި އުފުލޭ އަދި ނުއުފުލޭ މުދާ ހޯދުމާއި މިލްކު ކުރުން.

އީ ކައުންސިލް ވިޔަ އަދި ގެމެން މޮޑިއުލްގެ ތެރެއިން ޙަވާލުކުރަވިފައިވާ މަސައްކަތްތައް ކުރުން.

ކައުންސިލަށް ދިމާވާ ކުއްލި އިމަރޖެންސީކަންތަކާއި އިދާރަގެ ހުރިހާ މުވައްޒަފުން ޝާމިލުވެގެން ކުރަންޖެހޭ ކަންތައްތަކާއި، އަދި ޚާއްސަކަންކަމުގައި ބައިވެރިވެ އެހީތެރިވެދިނުން އަދި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ މަސައްކަތްތައްކުރުން.

1-    

 

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ލީގަލް އޮފިސަރުންގެ ވަޒީފާގެ އޮނިގަނޑުގެ މަގާމުތަކަށް މުވައްޒަފުން ހޮވުމާއި ޢައްޔަން ކުރުމުގެ މިންގަނޑު ތަކާއި އުޞޫލުތައް 2022 ގައި ހިމަނާފައިވާނެއެވެ.

 

 ސުންގަޑި:

09 އޮގަސްޓް 2023 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިންނެވެ.

 

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަކޮށްފައިވާ، ތިނަދޫ ކައުންސިލްގެ އިދާރާގެ ވަޒީފާއަށް އެދޭ ފޯމް. ވަޒީފާއަށް އެދޭ ފޯމް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ގޮތަށް).
  3. މަޤާމަށް އެދޭފަރަތުގެ ވަނަވަރު (ސީވީ).(ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
  4. ލިބިފައިވަ ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ. (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ތަޢުލީމީ ސަނަދުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓް ހުށަހަޅަން ވާނެއެވެ. ތަޢުލީމީ ސެޓްފިކެޓް ވަޒިފާއަށް ކުރިމަތިލާއިރު ލިބިފައި ނުވާނަމަ، ކޯހުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާކަން އެނގޭނެ ޓްރާންސްކްރިޕްޓާއި އެމީހަކު ކޯސް ފުރިހަމަކުރި، ތަޢުލީމުދޭ މަރުކަޒުން ކޯސް ފުރިހަމަކުރިކަމަށް ދީފައިވާ ލިޔުން ހުށަހަޅަން ވާނެއެވެ. ރާއްޖެއިން ބޭރުގެ ޔުނިވާސިޓީއަކުން ފުރިހަމަކޮށްފައިވާ ކޯހެށްނަމަ އެކޯހަކީ މޯލްޑިވްސް ކޮލިފިވޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޯހެއްކަން އެނގޭނެ ލިޔުން ހުށަހަޅަންވާނެއެވެ. އަދި ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ ކޯހެއްގެ ސެޓްފިކެޓް ހުށަހަޅާނަމަ އެ ސެޓްފިކެޓުގެ ކޮޕީގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކޮށްފައިވާކަމުގެ ތައްގަނޑު ޖަހާފައި އޮންނަންވާނެއެވެ. އަދި ސެޓްފިކެޓްތަކުގެ ކޮޕީއާއި ތްރާންސްވްރިޕްޓްގެ ކޮޕީ ހުށަހަޅާއިރު ދައުލަތުގެ އިދާރާއަކުން ނުވަތަ  ޤާނޫނީ ވަކީލެއްގެ ފަރާތުން އަސްލާ އެއްގޮތްކަން އެގޭނެ ތައްގަނޑު ޖަހާ ސޮއިކޮށްފައި އޮންނަންވާނެއެވެ. އަދި އަސްލާއެއްގޮތްކަން އެނގޭނެ ތައްގަނޑު ޖަހާފައި ނުވާނަމަ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ އޮރިޖިނަލް ކޮމިޝަނަށް ހުށަހަޅާ ވެރިފައި ކުރަންވާނެއެވެ.)
  5. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ: (ތަޖުރިބާ ލިބިފައިވާކަން ދަލީލުކޮށްދޭ ލިޔުމުގައި އެމީހަކު އެތަނެއްގައި އަދަކުރި މަޤާމައި، އެމީހަކު ކުރި މައިގަނޑު މަސައްކަތާއި، އެތަނެއްގައި ވަޒީފާ އަދާކުރި  މުއްދަތާއި، އެތަނުގެ އެޑްރެހާއި، އެތަނެއްގެ އިސްވެރިއެއްގެ ސޮޔާއި، ތައްގަނޑު އޮންނަންވާނެއެވެ).
  6. ލިބިފައިވާ ކާމިޔާބީތަކަށް އެހެނިހެން ސެޓްފިކެޓްތަކުގެ ކޮޕީ. (މަސައްކަތާ ގުޅުންހުރި ދައިރާތަކުން ލިބިފައިވާ ކާމިޔާބީތައް ދަލީލުކޮށްދޭ ލިޔުންތަކާއި އަދި ފުރިހަމަކޮށްފައިވަ ކުރުމުއްދަތުގެ ޓްރެއިނިންގް/ވޯކްޝޮޕް ތަކުން ލިބިފައިވާ ސެޓްފިކެޓް ތަކުގެ ކޮޕީ)

 

އިތުރު މަޢުލޫމާތު

 

  1. ވަޒީފާއަށް އެދޭފޯމާއި ކަމާބެހޭ ލިޔުންތައް ހުށަހަޅާނީ ތިނަދޫ ކައުންސިލްގެ އިދަރާގެ ކައުންޓަރަށެވެ. އަދި އީމެއިލް މެދުވެރިކޮށް ވަޒިފައަށް އެދޭފޯމާއި ލިޔުންތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ކައުންސިލްގެ އިދާރާގެ ރަސްމީ އީމެއިލް އެޑްރެސްއަށް [email protected],mv އީމެއިލް މެދުވެރިކޮށް ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ފޮނުވިދާނެއެވެ. އީމެއިލް މެޑުވެރިކޮށް ފޯމާއެކު ހުށަހަޅާ ލިޔުންތައް ހަމަތޯ ޗެކްކުރުމަކީ އިމެއިލްކުރާ ފަރާތެއްގެ ޒިންމާއެކެވެ. އަދި ފޮމާއެކު ހުށަހަޅާ ލިޔުންތައް ހަމަނުވާނަމަ، އެފޮމެއް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
  2. ވަޒީފައަށް އެދި ހުށަހަޅާ ކޮންމެ އެޕްލިކޭޝަން ފޯމަކަށް ފޯމު ލިބުނު ކަމުގެ ތަރުތީބު ނަންބަރެއް ޖަހާފައިވާ ސްލިޕެއް ދޫކުރެވޭނެއެވެ. އަދި އީމެއިލްއިން ހުށަހަޅާ އެޕްލިކޭޝަންތަކަށް ވެސް ތަރުތީބު ނަންބަރު ޖަހާފައިވަ ސްލިޕް އިމެއިލް ކުރެވޭނެއެވެ.
  3. އިޢުލާނުގެ މުއްދަތު ހަމަވާ ތަރީޙުން ފެށިގެން ގިނަވެގެން ރަސްމީ 10 ދުވަހުގެ ތެރޭގައި ތަޢުލީމައި ތަޖުރިބާޔަށް ބަލާ ވަޒީފާޔަށް ކުރިމަތިލީ ފަރާތްތްކަށް ދޫކޮށްފައިވާ ރެފަރެންސް ނަންބަރު ހިމަނައިގެން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކުގެ ލިސްޓު ކައުންސިލްގެ އިދާރާގެ ވެބްސައިޓުގައި އަދި ނޯޓިސް ބޯޑުގައި ޝާއިޢު ކުރެވޭނެއެވެ.
  4. މިވަޒީފާއަށް މިހަކު ނެގުމުގައި ޢަމަލުކުރެވޭނީ ކައުންސިލްގެ ވަޒީފާތަކަށް މީހުން ހޯދުމާއި ވަޒީފާ ދިނުމުގައި އަމަލުކުރަނެގޮތުގެ އުސޫލާ އެއްގޮތަށެވެ.

 

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

 ފޯނު ނަންބަރު:6841718

 އީމެއިލް:[email protected]

 
23 ޖުލައި 2023