ޢާންމު މަޢުލޫމާތު
ނަންބަރު: D-381/IUL/2023/ 50
ޕަބްލިޝްކުރި ތާރީޚް: 27 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 23:31
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަހުވަދޫ ކައުންސިލް އިދާރާގެ ނަންބަރު: D-381/IUL/2022/59 އިޢުލާނާއި ގުޅިގެން ކުޑަހުވަދޫން ބަންޑާރަ ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓް އާންމުކުރުން:

އިޢުލާން

 

ކުޑަހުވަދޫ ކައުންސިލް އިދާރާގެ ނަންބަރު:D-381/IUL/2022/59  އިޢުލާނާއި ގުޅިގެން ކުޑަހުވަދޫން ބަންޑާރަ ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓް އާންމުކުރުން:

 

ކުޑަހުވަދޫން ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހެޅުމަށް ކޮށްފައިވާ މިއިދާރާގެ ނަންބަރު: D-381/IUL/2022/59   ( 30 އޮގަސްޓް 2022 ) ގެ އިޢުލާނާއި ގުޅިގެން، ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހެޅި ފަރާތްތަކަށް ޕޮއިންޓު ދީފައިވާ ގޮތުގެ ދާއިމީ ލިސްޓާއި ގުޅޭގޮތުން ހުށަހެޅުނު ޝަކުވާތައް ބަލައި ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްފަހު، ޕޮއިންޓު ލިބިފައިވާ ގޮތުގެ ދާއިމީ ލިސްޓު މި އިޢުލާނާއެކު އާންމުކުރަމެވެ.

ކެޓަގަރީ A     އިން ގޯތި ލިބޭނީ ލިސްޓުގެ ތަރުތީބު ނަންބަރު 01 އިން 320 އަށް ލިސްޓްގައިވާ ފަރާތްތަކަށެވެ. ކެޓަގަރީ B  އިން ގޯތި ލިބޭނީ ލިސްޓުގެ ތަރުތީބު ނަންބަރު 01 އިން 25 އަށް ލިސްޓްގައިވާ ފަރާތްތަކަށެވެ.

ލިސްޓްގައިވާ ގޯތި ލިބޭ ފަރާތްތަކަށް ލިބޭ ގޯތި ކަނޑައެޅުމަށް ނެގޭ ގުރުއަތުލުން އޮންނާނީ 2023 ޖުލައި 29 ވާ ހޮނިހިރު ދުވަހުގައެވެ. ގުރުއަތު ނަގާނީ ހުށަހަޅާފައިވާ ފޯމްގެ ނަންބަރު ތަރުތީބުންނެވެ. ގުރުއަތުލުން އޮންނަތަނާއި ގަނޑި މިއިދާރާއިން އާންމުކޮށް އަންގާ އިޢުލާން ކުރާނެ ވާހަކަ ދަންނަވަމެވެ.

27 ޖުލައި 2023