ޢާންމު މަޢުލޫމާތު
ނަންބަރު: D-381/IUL/2023/ 49
ޕަބްލިޝްކުރި ތާރީޚް: 27 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 22:39
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދ.ކުޑަހުވަދޫން 345 ގޯތި ދޫކުރުމާއިގުޅޭ
އިޢުލާން
ދ.ކުޑަހުވަދޫން 345 ގޯތި ދޫކުރުމާއިގުޅޭ
މިއިދާރާގެ ނަންބަރު D-381/IUL/2022/59 ގެ އިއުލާނުއިން ކުޑަހުވަދޫން މިފަހަރު ދޫކުރުމަށް ނިންމާފައިވާ 345 ގޯތީގެ ތެރެއިން ޝަރުތު ހަމަވެ، ގުރުއަތުން ލިބޭ ގޯތި ގައިޑްލައިންގައި ބަޔާންކޮށްފައިވާ އެއްވެސް ސަބަބަކާހުރެ އެފަރާތްތަކަށްލިބޭ ގޯތި ވަކިކުރަންޖެހޭނަމަ، އެފަދަ ގޯތިތައް މިބުރުގައި ދޫކުރުމަށް ކަނޑައަޅާފައިވާ އަދަދު ހަމަވަންދެން ގޯތި ކޮމިޓީން އިވެލުވޭޓްކޮށް އާންމު ކުރާ ދާއިމީ ލިސްޓްގައިވާ ޕޮއިންޓްގެ ތަރުތީބުން ބާކީވާ ގޯތި ދޫކުރުމަށް، ދ.ކުޑަހުވަދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ 80 ވަނަ ( 2023 ވަނަ އަހަރުގެ 25 ވަނަ ) ރަސްމީ އާންމު ޖަލްސާގެ ނަންބަރު 381(N)2023/56 ގެ ކައުންސިލްގެ ނިންމުމުން ވަނީ ފާސްކޮށްފައެވެ.
ވީމާ މިކަން އާންމުކޮށް އަންގާ އިއުލާންކުރަމެވެ.
27 ޖުލައި 2023