ބީލަން
ނަންބަރު: (IUL)242-C/242/2023/05
ޕަބްލިޝްކުރި ތާރީޚް: 25 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 17:08
ސުންގަޑި: 06 އޮގަސްޓް 2023 13:30
ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. އަތޮޅުކައުންސިލް ޢިމާރާތުގެ ބޭރުފާރުތަކާއި، ގޯތީގެ ވަށާއިންފާރުގެ އެތެރެއާއި ބޭރުގައި ކުލަލުން

ނަމްބަރު: (IUL)242-C/242/2023/5

އިޢުލާން

ގދ. އަތޮޅުކައުންސިލް ޢިމާރާތުގެ ބޭރުފާރުތަކާއި، ގޯތީގެ ވަށާއިންފާރުގެ އެތެރެއާއި ބޭރުގައި ކުލަލުން

            ތިރީގައި މިދަންނަވާ ތަފްޞީލްތަކާއި އެއްގޮތަށް މިއިދާރާގެ ޢިމާރާތުގެ ބޭރުފާރުތަކާއި، ގޯތީގެ އިންފާރުގެ އެތެރެއާއި ބޭރުގައި އަމިއްލަ ތަކެތީގައި ކުލަލުމާއި ގުޅޭގޮތުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

            ވީމާ، މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން 30 ޖުލައި 2023 ވަނަ ދުވަހުގެ 14:00 ގެ ކުރިން މަޢުލޫމާތު ޝީޓާއެކުގައިވާ ބިޑް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ފޯމް ފުރިހަމަ ކުރުމަށްފަހު މިއިދާރާގެ [email protected] މެއިލަށް މެއިލްކޮށްގެން ނުވަތަ މިއިދާރާއަށް ވަޑައިގެން ރަޖިސްޓްރީ ކުރުމަށް ހުޅުވާލެވޭ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ޤަބޫލް ނުކުރެވޭނެ ވާހަކަ ދަންނަވަމެވެ. އެހެން ކަމުން  އިޢުލާނާއެކު ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް ފުރިހަމަ ކުރެއްވުމަށްފަހު 06 އޮގަސްޓް 2023 ވާ އާދީއްތަ ދުވަހުގެ 13:30 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

            މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

25 ޖުލައި 2023