ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)395-C/395/2023/82
ޕަބްލިޝްކުރި ތާރީޚް: 25 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 15:17
ސުންގަޑި: 03 އޮގަސްޓް 2023 12:00
ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮލެރާމަގުގެ އުތުރަށް އޮތް ބިމުގައި ހުރި ރުއްތަކުގެ ވެރިފަރާތް ހޯދުމާއިގުޅޭ:

        

          މިކައުންސިލުގެ ބޭނުމަކަށް، މިރަށު ކޮލެރާމަގުގެ އުތުރުފަރާތަށް އޮތް ބިން ހުސްކުރާތީ އެބިމުގައި ހުރި ރުއްތަކުގެ ބަދަލުމައްސަލަ ނިންމުމަށްޓަކައި ރުއްގަހުގެ ވެރިން ހޯދުމަށް، އެ ރުއްތަކުގައި މިހާރުވާނީ ރަތްކުލައިގެ ދަވާދުން، 01 އިން 15 އަށް، (ހިސާބް އަކުރުން) ނަންބަރު ޖަހާފައެވެ.

 

           ވީމާ، މަތީގައި ބަޔާންކޮށްފައިވާ ރުއްތަކުގެ ވެރިން، އެރުއްތަކުގައިވާ ނަންބަރު ނޯޓްކޮށް، "ރުއްގަހުގެ ބަދަލު މައްސަލަ ނިންމުމަށް އެދޭ ފޯމް" ފުރިހަމަ ކުރުމަށްފަހު، 03 އޮގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން މި ކައުންސިލަށް  ފޯމް ހުށަހެޅުއްވުން އެދެމެވެ. އަދި އެތަނުގައިހުރި ނަގައިގެން ގެންދެވޭފަދަ ރުއްގަހާއި، ތަކެތި މިދެންނެވި މުއްދަތުގެތެރޭގައި ނެންގެވުމަށް ދަންނަވަމެވެ. ދަންނަވާފައިވާ ތާރީޚުގެ ފަހުން، ރުއްގަހުގެ ބަދަލުހޯދުމަށްއެދި ހުށައަޅާ ފޯމްތަކަށް ބަދަލުދެވޭނީ ޝަރުޢީ ކޯޓެއް މެދުވެރިކޮށް ކަމުގައި ދަންނަވަމެވެ. 

 

         "ރުއްގަހުގެ ބަދަލު މައްސަލަ ނިންމުމަށް އެދޭ ފޯމް" ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 08:00 އިން 14:00 އަށް މި ކައުންސިލްގެ ކައުންޓަރ އިން ލިބެންހުންނާނެ ވާހަކަ ދަންނަވަމެވެ.

 

 

 

25 ޖުލައި 2023