މަސައްކަތް
ނަންބަރު: (IUL)335-AS/335/2023/92
ޕަބްލިޝްކުރި ތާރީޚް: 25 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 15:00
ސުންގަޑި: 07 އޮގަސްޓް 2023 12:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އިދާރާގެ ނަންބަރު(IUL)335-AS/335/2023/89 04 ޖުލައި 2023 އިއުލާނަށް އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.

             ކައުންސިލް އުޅަނދުތަކަށް ތެޔޮ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމުގެމަސައްކަތަށް ފުރުސަތު ހުޅުވާލަމެވެ.

  • މި ބިޑްގައި ބައިވެރިވާން އެދޭފަރާތްތަކުން 07 އޯގަސްޓް 2023  ވާ ހޯމަ ދުވަހުގެ 12:00 ކުރިން މި ކައުންސިލަށް ދުރުވެ ނުވަތަ މި އިޢުލާނާއި އެކު ހިމެނިފައިވާ ގޫގަލް ފޯމް ލިންކުން ރަޖިސްޓްރީވުމަށް ދަންނަވަމެވެ.

މި މަސައްކަތުގައި ބައިވެރިވެވޭނީ ހަމައެކަނި ބިޑްހުށަހެޅުމަށް ރަޖިސްޓްރީކުރި ފަރާތްތަކުންނެވެ.

ރަޖިސްޓްރީ ލިންކް: https://forms.gle/ecv2FGUSRzNFMWN6A

  •  މި މަސައްކަތް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 07 އޯގަސްޓް 2023  ވާ ހޯމަ ދުވަހުގެ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

              އަންދާސީ ހިސާބާއި ގުޅޭ އިތުރު މައުލޫމާތު މިކައުންސިލްގެ އީމެއިލް [email protected] ނާއި ގެޒެޓުގައި މި އިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާކަންވެސް މި ފުރުޞަތުގައި ދަންނަވަމެވެ. މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

               މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.                

25 ޖުލައި 2023