ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)471-CIDS2/471/2023/234
ޕަބްލިޝްކުރި ތާރީޚް: 25 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 14:54
ސުންގަޑި:
10 އޮގަސްޓް 2023 00:00
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގަވާއިދު ނަންބަރު 2019/R-1004 (ޢިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދު) އަށް ހުށަހަޅާ 2 ވަނަ އިސްލާޙުގެ ދެލިކޮޕީއަށް ޢާންމުންގެ ހިޔާލު ފާޅުކުރުމަށް ހުޅުވާލުން.
ޢިމާރާތްކުރުމުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދު ނަންބަރު 2019/R-1004 (ޢިމާރާތްކުރުމުގެ ޢިދާރީ ގަވާއިދު) އަށް ގެންނަން ހުށަހަޅާ 2 ވަނަ އިސްލާޙުގެ ދެލިކޮޕީ މި ޢިއުލާނާއި އެއްކަރުދާސްކޮށްފައިވާ ވާހަކަ ދަންނަވަމެވެ. މި އިސްލާޙަށް ހިޔާލު ފާޅުކުރުމަށް 2023 އޮގަސްޓް 10 ގެ ނިޔަލަށް ހުޅުވައިލައިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ވީމާ އިސްވެދެންނެވުނު ގަވާއިދުގެ އިސްލާޙައް ތިޔަ ފަރާތްތަކުގެ ހިޔާލެއް ނުވަތަ ލަފައެއް ވާނަމަ، މި ޢިއުލާނާއި އެއްކަރުދާސްކޮށްފައިވާ "ފޯމެޓް ފޮރ ކޮމެންޓްސް" ގައި ލިޔުއްވުމަށްފަހު 2023 އޮގަސްޓް 10 ވަނަ ދުވަހުގެ ނިޔަލަށް [email protected] އަށް އީ-މެއިލްކޮށްދެއްވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެކެވެ.
25 ޖުލައި 2023