ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)138-AS4/1/2015/30
ޕަބްލިޝްކުރި ތާރީޚް: 10 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 11:07
ސުންގަޑި: 22 ފެބުރުވަރީ 2015 12:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

ޖީ. އެސް. 3 / އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު

01

މަޤާމު ނަންބަރު

233548

ވަޒިފާ އަދާ ކުރަންޖެހޭ ރަށް / އޮފީހާއި،  ސެކްޝަން

ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަން/ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. މާލެ

މުސާރައާއި ޢިނާޔަތްތައް

މުސާރަ: -/4465ރ

ސަރވިސް އެލަވަންސް: -/1500ރ

ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35

(އިތުރު ގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)

ޝަރުޠު

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  1. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އިތުރުގަޑީގެ ހާޒިރީއާއި ބަންދު ދުވަސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހާޒިރީއާއި އެލަވަންސްތަކުގެ މަޢުލޫމާތު ބެލެހެއްޓުމާއި ރިޕޯޓް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  2. މިނިސްޓްރީގެ މުވައްޒަފުންގެ އުޖޫރައާއި އިނާޔަތްތައް ދިނުމުގެ ކަންތައްތައް ކުރުން.
  3. މިނިސްޓްރީގެ އެންމެހައި މުވައްޒަފުންގެ އިނާޔަތް ދިނުމުގެ ރެކޯޑް ބެލެހެއްޓުން.
  4. މުވައްޒަފުންގެ ޗުއްޓީއާ ބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން. (މުވައްޒަފުގެ ޗުއްޓީ ފެށޭ ތާރީޚްގެ ކުރިން ޗުއްޓީ ޗިޓް ޙަވާލުކުރުން)
  5. މިނިސްޓްރީގެ  މުވައްޒަފުންގެ ޑާޓާ އަޕްޑޭޓްކޮށް ބެލެހެއްޓުން.
  6. އެޗް.އާރު ސެކްޝަނަށް އެއް އަހަރުން އަނެއް އަހަރަށް ހަދަންޖެހޭ ފައިލުތައް ހެދުމާއި ފައިލިންގ ސިސްޓަމް ބެލެހެއްޓުން.
  7. މިނިސްޓްރީގެ އެޗް.އާރު ސިސްޓަމަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  8. އެޗް.އާރު ޔުނިޓުން ކުރާ މަސައްކަތާ ގުޅިގެން ލިޔަންޖެހޭ ސިޓީ، ނޯޓް ފަދަ ތަކެތި ލިޔުމާއި ފޮނުވަންޖެހޭ ނޯޓް ފަދަ ތަކެތި ފޮނުވުން އަދި ފައިލް ކުރުން.
  9. ޔުނިޓްގެ މުވައްޒަފަކު ސަލާމުގައި ނުވަތަ ޗުއްޓީގައި ހުރުމުގެ ސަބަބުން މަސައްކަތަށް ދަތިވާނަމަ، އެ މުވައްޒަފަކު ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  10. މިނިސްޓްރީގެ މުވައްޒަފުންގެ ހާޒިރީއާއި ސަލާމާއި ދަތުރުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  11. މިނިސްޓްރީގެ މުވައްޒަފުންގެ ސަލާމާއި ޗުއްޓީއާއި ހާޒިރީއާ ގުޅިގެން ހުށަހެޅޭ އެކިއެކި މައްސަލަތައް ބަލައި ޙައްލުކުރުން.
  12. މުސާރައާއި އެލަވަންސާއި ގުޅިގެން ހުށަހެޅޭ މައްސަލަތައް ބަލައި ހައްލުކުރުން
  13. އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކޮށް ހަވާލުކުރުން.
  14. މަސައްކަތާއި ގުޅުންހުރި ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
  15. ސެކްޝަންގެ މަސައްކަތާއި ގުޅުންހުރި އެންމެހައި މަސައްކަތްތަކަށް އެއްބާރުލުން ދިނުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3004146، 3004340 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. ތައުލީމާއި ތަމްރީން.
  2. މަސައްކަތުގެ ތަޖުރިބާ.
  3. އިންޓަރވިއު.
  4. ކޮމްޕިޔުޓަރަށް އަހުލުވެރިވެފައިވާ މިންވަރު.
  5. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު

  • މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރަށް (އަމީނީމަގު، މާފަންނު / މާލެ) ނުވަތަ މިނިސްޓްރީގެ އެޗް. އާރް. ސެކްޝަންގެ އީމެއިލް: [email protected]  އަށް ފޮނުއްވުން އެދެމެވެ. 
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 22 ފެބްރުވަރީ 2015 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން.

އިންޓަވިއު ކުރުން

  • މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ 2015 ފެބްރުވަރީ - މާރިޗު މަހުގެ ތާރީޚެއްގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައެވެ.
  • އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓް އިން  ޑައުންލޯޑްވެސް ކުރެވޭނެއެވެ http://www.housing.gov.mv/v1/file-download/ )
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ). 

މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

20 ރަބީޢުލްއާޚިރު 1436

10 ފެބުރުވަރީ 2015