ދިވެހިރާއްޖެ
މިސްކޫލްގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
ވީމާ މި ބީލަމުގައި ބައިވެރިވާން ޝަވްޤުވެރިވާ ފަރާތްތަކުން 25 ޖުލައި 2023 އިން 31 ޖުލައި 2023 އަށް ކޮންމެ ދުވަހަކު އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
ރަޖިސްޓްރީ ކުރެއްވުމަށް: ކުންފުނި/ ފަރާތުގެ ނަން، ގުޅޭނެ ފަރާތުގެ ނަމާއި ކޮންޓެކްޓް ނަންބަރު ހިމަނުއްވައި ތިރީގައިވާ އެޑްރެހަށް މެއިލް ކުރެއްވުމުން ރެޖިސްޓަރީ ކުރެވޭނެއެވެ ([email protected])ނުވަތަ 6888626 އަށް ގުޅުއްވައިގެން ނުވަތަ ސްކޫލަށް ވަޑައިގެންވެސް ރަޖިސްޓަރީ ކުރެވޭނެއެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
މި ބީލަމާއި ގުޅިގެން އެއްވެސް ސުވާލެއްވާނަމަ 01 އޯގަސްޓް 2023 ވަނަ ދުވަހުގެ ކުރިން މިސްކޫލަށް މެއިލްކުރެއްވުން އެދެމެވެ.
# |
ތަފްސީލް |
ތާރީޚް |
ގަޑި |
1 |
ރަޖިސްޓްރީ ކުރުން |
25 ޖުލައި 2023 އިން 31 ޖުލައި 2023އަށް |
ހެނދުނު 8:00 އިން މެންދުރު 14:00އަށް |
2 |
އަންދާސީ ހިސާބު ހުށަހެޅުން |
03 އޯގަސްޓް 2023 (ބުރާސްފަތި) |
ހެނދުނު 10:00 |