ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)202-A/1/2015/15
ޕަބްލިޝްކުރި ތާރީޚް: 08 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 10:05
ސުންގަޑި: 19 ފެބުރުވަރީ 2015 11:00
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ކަސްޓަމް ހޮލޯގްރަފިކް އޯވަރލެމިނޭޓް ވިއްކައިދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މިއޮތޯރިޓީއިން ދޫކުރާ އެއްގަމު ލައިސަންސް ކާޑުގައި ޖެހުމަށް ބޭނުންކުރާ ކަސްޓަމް ހޮލޯގްރަފިކް އޯވަރލެމިނޭޓް ވިއްކައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރި ނަންބަރު IUL)202-A/1/2015/10) އިޢުލާނަށް އެދެވޭ ތަރުޙީބެއް ލިބިފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް މިތަކެތި ގަތުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 19 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 ފެބުރުވަރީ 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން އަންދާސީހިސާބު ހުށެހެޅުއްވުން އެދެމެވެ.

އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

18 ރަބީޢުލްއާޚިރު 1436     

08 ފެބުރުވަރީ 2015