މަސައްކަތް
ނަންބަރު: 421/IUL/2015/08
ޕަބްލިޝްކުރި ތާރީޚް: 04 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:32
ސުންގަޑި: 16 ފެބުރުވަރީ 2015 13:00
ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްބޯޅަދަނޑުގެ އިންފާރު ރޭނުމާއި، ފެންސުޖެހުމާއި، ރޮސްޓްރަމްހެދުމާއި، ގޭޓް ހެދުން

ގދ.ވާދޫ ފުޓްބޯޅަދަނޑުގެ އިންފާރު ރޭނުމާއި، ފެންސު ޖެހުމާއި، ރޮސްޓްރަމް ހެދުމާއި ގޭޓް ހެދުން

ގދ.ވާދޫގައި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ހެދުމަށް ހަމަޖެހިފައިވާ ފުޓްބޯޅަދަނޑުގެ އިންފާރު ރޭނުމާއި، ފެންސު ޖެހުމާއި، ރޮސްޓްރަމް ހެދުމާއި ގޭޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރި މިއިދާރާގެ ނަންބަރު: IUL/2015/04-ފ421 (07 ޖަނަވަރީ 2014) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ ދެފަރާތުން ކަމަށްވާތީ އެއިޢުލާން ބާޠިލު ކޮށްފީމެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކުރެވިދާނެ ފަރާތްތަކުން 16 ފެބުރުވަރީ 2015 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 26 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތަކާއި، ގަޑިޖެހިގެން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދު ނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މިއިދާރާގެ ފޯންނަންބަރު 6840005 އާ ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

04 ފެބުރުވަރީ 2015