ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)267/267/2023/50
ޕަބްލިޝްކުރި ތާރީޚް: 23 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 20:53
ސުންގަޑި: 30 ޖުލައި 2023 13:00
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުން

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫން (ޤާނޫން ނަންބަރ: 2010/7) ގެ 107 ވަނަ މާއްދާއިން ރައްޔިތުންނަށް އާންމުކޮށް ހުޅުވައިލައިގެން ޖުލައި މަހުގައި ބޭއްވުމަށް ލާޒިމްކުރާ ބައްދަލުވުން 30 ޖުލައި 2023 ވަނަ އާދިއްތަ ދުވަހުގެ 13:00 ގައި ކުމުންދޫ ކައުންސިލް އިދާރާގެ މީޓިން ރޫމްގައި އޮއްނާނެއެވެ. މިބައްދަލުވުމަށް ކުމުންދޫގެ އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

އެޖެންޑާ:

  1. ބައްދަލުވުމުގެ ތައާރަފް
  1. 2024 ވަނަ އަހަރުގެ ލަފާކުރާ ބަޖެޓް ހިއްސާކޮށް ހިޔާލު ހޯދުން.
  2. 2024 ވަނަ އަހަރުގެ މަސައްކަތު ތާވަލު ހިއްސާކޮށް ހިޔާލު ހޯދުން.
  3. ސުވާލާއި ޖަވާބު

 

                  ވީމާ، މިކަން އާއްމުކޮށްއެންގުމަށްޓަކައި އިޢުލާންކުރަމެވެ.

23 ޖުލައި 2023