ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)38-BB/38/2023/331
ޕަބްލިޝްކުރި ތާރީޚް: 23 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 19:57
ސުންގަޑި: 03 އޮގަސްޓް 2023 15:00
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - 2023 ރިޔާސީ އިންތިހާބަށް އަތޮޅު އަދި ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯގެ މެންބަރުން ހޯދުމަށް އިޢުލާނުކުރުން

(IUL)38-BB/38/2023/331 :ނަންބަރު

އިޢުލާނު

ވަޒީފާގެ ފުރުޞަތު

2023 ރިޔާސީ އިންތިހާބަށް އަތޮޅު އަދި ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯގެ މެންބަރުން ހޯދުމަށް އިޢުލާނުކުރުން.

ބޭނުންވާ އިދާރާ / އަދަދު:

- ކޮންމެ އަތޮޅެއްގެ އަތޮޅު ކޮމްޕްލެއިންޓްސް ބިޔުރޯއަށް 3 (ތިނެއް) މެންބަރުން (އިސް އެއް މެންބަރަކާއި 2 މެންބަރުން)

- އައްޑޫ ސިޓީ ކޮމްޕްލެއިންޓްސް ބިޔުރޯއަށް 3 (ތިނެއް) މެންބަރުން (އިސް އެއް މެންބަރަކާއި 2 މެންބަރުން)

- ފުވައްމުލަކު ސިޓީ ކޮމްޕްލެއިންޓްސް ބިޔުރޯއަށް 3 (ތިނެއް) މެންބަރުން (އިސް އެއް މެންބަރަކާއި 2 މެންބަރުން)

- ކުޅުދުއްފުށި ސިޓީގެ ކޮމްޕްލެއިންޓްސް ބިޔުރޯއަށް 3 (ތިނެއް) މެންބަރުން (އިސް އެއް މެންބަރަކާއި 2 މެންބަރުން)

މަސައްކަތް ކުރަންޖެހޭ ތަން:

ކޮންމެ އަތޮޅެއްގެ، އަތޮޅު ކައުންސިލް އިދާރާ

 އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ އަދި ކުޅުދުއްފުށި ސިޓީ ކައުންސިލް އިދާރާ

އުޖޫރަ:

އަތޮޅު ކޮމްޕްލެއިންޓްސް ބިއުރޯ ވެރިޔާއަށް: މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް -/250 ރުފިޔާ (ދުއިސައްތަ ފަންސާސް ރުފިޔާ)

އަތޮޅު ކޮމްޕްލެއިންޓްސް ބިއުރޯ މެންބަރަކަށް: މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް -/200 ރުފިޔާ (ދުއިސައްތަ ރުފިޔާ)

މުއްދަތު:

ރިޔާސީ އިންތިޙާބު 2023 ގެ ވޯޓުލުން އޮންނަ ދުވަހުގެ 10 (ދިހައެއް) ދުވަސް ކުރިން ފެށިގެން އިންތިޚާބު ނިމި 7 (ހަތެއް) ދުވަސް ވަންދެން. (ޖުމްލަ 17 ދުވަސް) މިމުއްދަތުގެ ފަހުންވެސް އިންތިޚާބުގެ މަސައްކަތާއި ގުޅިގެން މުއްދަތު އިތުރުކުރަންޖެހޭނަމަ، މުއްދަތު އިތުރުކުރާ ގޮތަށް.

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

  1. ޤާނޫނީ ދާއިރާއިން ސަނަދެއް ހާޞިލްކޮށްފައިވުމާއެކު 1 (އެކެއް) އަހަރު ދުވަހުގެ ކަމާ ގުޅޭ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭނެ ދާއިރާއަކުން ސަނަދެއް ހާޞިލްކޮށްފައިވުމާއެކު 2 (ދޭއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

އެހެނިހެން ޝަރުޠު

  1.  ޢުމުރުން 18 އަހަރާއި 55 އަހަރާ ދެމެދުގެ އުމުރުފުރައިގެ މީހެއް ކަމުގައިވުން.
  2.  އެއްވެސް ސިޔާސީ ޕާޓީއެއްގެ އިންތިޚާބީ މަޤާމެއް ނުވަތަ ޕާޓީގެ ފަރާތުން ޢައްޔަންކޮށްފައިވާ މަޤާމެއް ފުރާ މީހެއް ކަމުގައި ނުވުން ނުވަތަ ސިޔާސީ ޙަރަކާތްތަކުގައި އިސްރޯލެއް އަދާކުރާ މީހަކު ކަމުގައި ނުވުން.
  3.  އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓަކަށް ކެމްޕެއިންކުރުމުގައި ހަރަކާތްތެރިވާ މީހަކަށް ނުވުން.
  4.  އިންތިޚާބަށް ކުރިމަތިލާ އެއްވެސް ކެންޑިޑޭޓެއްގެ ޢާއިލީ މެންބަރަކު ކަމުގައި ނުވުން. (ޢާއިލީ މެންބަރެއްގެ ގޮތުގައި ބަލާނީ މަންމަ، ބައްޕަ، އަނތްބެއް، ފިރިއެއް، ދަރިއެއް، އެއްބަނޑު އެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ ކޮންމެ މީހެއް).
  5.  ޖިނާޢީ ކުށެއްގެ ޙުކުމް ތަންފީޛުކުރަމުންދާ މީހަކު ކަމުގައި ނުވުން.

މަސްއޫލިއްޔަތު:

- ޝަކުވާ ހުށައެޅުމުގެ ނިޒާމުގެ ތެރެއިން އަތޮޅު ކޮމްޕްލެއިންޓްސް ބިޔުރޯ، ފުވައްމުލަކު ސިޓީ، އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގެ ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅޭ ޝަކުވާތައް ބަލައި ފިޔަވަޅު އެޅުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

- އަތޮޅު/ ސިޓީ ކޮމްޕްލެއިންޓްސް ބިޔުރޯގެ މެންބަރަކަށް ވުމަށް އެދި ހުށަހަޅާ ފޯމު.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ.

- އެއްވެސް ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނަމަ ތަޖުރިބާގެ މުއްދަތު އެނގޭގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން.

ސުންގަޑި:         

މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 03 އޮގަސްޓު 2023 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން އިޢުލާނުގައި ހުށަހަޅަން ބަޔާންކޮށްފައިވާ ލިޔުންތައް އިލެކްޝަންސް ކޮމިޝަންގެ ކައުންޓަރުން އަދި އިލެކްޝަންސް ކޮމިޝަންގެ އީމެއިލް ([email protected]) އިން ބަލައިގަންނާނެއެވެ. (މެއިލް އާ އެޓޭޗްކުރެވޭނީ 10mb އަށްވުރެ ކުޑަ ފައިލްއެވެ.)

އިތުރު މަޢުލޫމާތު

- މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓުވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ. އިންޓަރވިއު  ފޯނުމެދުވެރިކޮށް ކުރުމަށް ހަމަޖެހިފައިވާ ކަމުގައިވެސް ދެންނެވީމެވެ.

- އަތޮޅު، އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ އަދި ކުޅުދުއްފުށި ސިޓީގެ ކޮމްޕްލެއިންޓްސް ބިޔުރޯގެ މެންބަރަކަށް ވުމަށް އެދި ހުށަހަޅާ ފޯމު މިކޮމިޝަނުގެ ރިސެޕްޝަނުންނާއި، ރަށެއްގެނަމަ ރަށު ކައުންސިލް އިދާރާއިން، އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ އަދި ކުޅުދުއްފުށީ ސިޓީގެ ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

- މަތީގައިވާ މަޤާމަށް ޝަރުތު ފުރިހަމަވާ ފަރާތްތައް ނުލިބިއްޖެނަމަ، ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން މަސައްކަތައް އެންމެ އެކަށީގެންވާ ފަރާތްތަކަށް ފުރުޞަތު ދެވޭނެއެވެ.

- މި އިޢުލާނުގައިވާ މަސައްކަތްތައް ހިނގަމުންދާ ދުވަސްވަރު، މަސައްކަތަށް ހޮވިފައިވާ ފަރާތްތަކުން މަސައްކަތް ދޫކޮށްލައިފިނަމަ، މި އިޢުލާނާ ގުޅިގެން އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން މަސައްކަތަށް އެންމެ އެކަށީގެންވާ ފަރާތަކަށް އެ މަސައްކަތް ހަމަޖެއްސުމުގެ ފުރުޞަތު އޮންނާނެއެވެ.

 މީހުން ހޮވުމުގައި ބަލާ މިންގަނޑު 

ބައިތައް

މާކްސް

ތަޢުލީމު

40

މަސައްކަތު ތަޖުރިބާ

35

އިންޓަރވިއު

25

ޖުމްލަ

100

ޝޯޓްލިސްޓު ކުރެވޭގޮތް

- ޝޯޓްލިސްޓު ކުރާނީ ތަޢުލީމު، މަސައްކަތު ތަޖުރިބާ އަދި ތަމްރީނާއި ހުނަރުގެ މާކްސް އަށް ބެލުމަށްފަހު ލިބޭ މާކްސްގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.

- ތަޢުލީމީ ސެޓުފިކެޓަށް މާކުސް ދޭނީ މަސައްކަތުގެ ދާއިރާއާގުޅޭ ސެޓުފިކެޓުތަކަށެވެ.

23 ޖުލައި 2023