ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)393/393/2023/41
ޕަބްލިޝްކުރި ތާރީޚް: 23 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 14:23
ސުންގަޑި: 31 ޖުލައި 2023 11:00
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އިޖްތިމާޢީ ސަރަޙައްދު ކުނިކަހައި ސާފުކޮށްދޭނެ ފަރާތްތަކެއް ހޯދުން

އިޢްލާން

ރަށުގެ އިޖްތިމާޢީ ސަރަޙައްދު ކުނިކަހައި ސާފުކޮށްދޭނެ ފަރާތްތަކެއް ހޯދުން

            ތ. ކިނބިދޫ އިޖްތިމާޢީ ސަރަޙައްދުތަކުގެ 20 ބައި ކުނިކަހައި ސާފުކޮށްދޭނެ 20 ފަރާތް ހޯދުމަށް ބޭނުންވެއެވެ. މި ފަރާތްތަކަށް އުޖޫރައެއްގެ ގޮތުން ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެފަރާތަކަށްވެސް ގިނަވެގެން މަހަކު -/1000 (އެއްހާސް ރުފިޔާ) އެވެ.

މި އިޢްލާނާއެކު އެޓޭޖްކުރެވިފައިވާ ރަށުގެ ޗާޓްގައި ކުލަޖައްސާ ފާހަގަކުރެވިފައިވާ ހުރިހާ ތަންތަނަކީ ރަށުގެ އިޖްތިމާޢީ ސަރަޙައްދު ކަމުގައިވާތީ އެތަންތަނަކީ ކުނިކަހައި ސާފުކޮށް ބަލަހައްޓަންޖެހޭ ތަންތަނެވެ.

 

ބީލަން ރަޖިސްޓަރީ ކުރުން

1. ބީލަން ހުށަހަޅަން އެދޭ ފަރާތްތަކުން ބީލަން ހުށަހަޅަން ރަޖިސްޓަރީ ކުރަންވާނެއެވެ. ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ ފޯމް މިއިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި، މީގެ އިތުރުން މިއިޢުލާނާއިއެކު ގެޒެޓްގައި އެއްހީރަސް ކުރެވިފައިވާ ފޯލްޑަރުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

2. ރަޖިސްޓަރީ ކުރުމާއި މަޢުލޫމާތު ސާފުކޮށްދިނުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން 30 ޖުލައި 2023 ވާ އާދިއްތަ ދުވަހުގެ ނިޔަލަށެވެ. އަދި މިމުއްދަތުގައި މިއިދާރާގެ އީ މެއިލް[email protected]  އަށް ފޮނުވާ ފޯމްތައްވެސް ރަޖިސްޓަރީކޮށް ދެވޭނެއެވެ. އީމެއިލް އަށް ފޮނުއްވާ ފޯމްތައް ކައުންސިލަށް ލިބުނުކަން ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ.

ރަޖިސްޓްރީ ކުރެއްވުމަށް ކަނޑައަޅާފައިވާ ސުންގަޑިއަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.

ރަޖިސްޓަރީ ކުރުމަށް ހުށަހެޅުން

ރަޖިސްޓަރީ ކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (2014/18) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފަރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (2014/19) ގެ ދަށުން ރަޖިސްޓަރީވެ ރަޖިސްޓަރީގެ މުއްދަތު ހަމަނުވާ ފަރާތްތަކެވެ. ބިޑް ހުށަހެޅުމުގައި ބައިވެރި ވެވޭނީ މީގެތެރެއިން ކޮންމެވެސް އެއް ޙައިސިއްޔަތަކުންނެވެ.

މަޢްލޫމާތު ސާފުކޮށް ދިނުން

އިތުރު މަޢްލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކޮށްދިނުމަށް ހަމަޖެހިފައިވަނީ ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާގެ އީމެއިލް [email protected] މެދުވެރިކޮށެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ސުންގަޑި

ތަން: ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމް

ތާރީޚް: 31 ޖުލައި 2023 ހޯމަ ދުވަހުގެ ހެނދުނު 11:00

ބަދަލުގައި މީހަކު ފޮނުއްވާނަމަ: ހުށަހަޅާ ފަރާތުގެ އައިޑީ ކާޑްގެ ފޮޓޯކޮޕީ އަކާއި ސިޓީއެއް ފޮނުއްވަން ވާނެއެވެ. އަދި، ބީލަން ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ.

23 ޖުލައި 2023