ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)471-CIDS2/471/2023/232
ޕަބްލިޝްކުރި ތާރީޚް: 23 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 14:08
ސުންގަޑި:
06 ޖުލައި 2023 00:00
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޢިމާރާތްކުރުމުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދު " ޢިމާރާތްކުރުމުގެ ހުއްދަ ދޫކުރަ އިދާރާތައް ރަޖިސްޓަރީކުރުމުގެ ގަވާއިދު" އަށް ގެންނަން ހުށަހަޅާ 3 ވަނަ އިސްލާޙުގެ ދެލިކޮޕީއަށް ޢާންމުންގެ ހިޔާލު ފާޅުކުރުމަށް ހުޅުވާލުން.
ޢިމާރާތްކުރުމުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދު ނަންބަރު 2019/R-999 (ޢިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތައް ރަޖިސްޓަރީ ކުރުމުގެ ގަވާއިދު) އަށް ގެންނަން ހުށަހަޅާ 3 ވަނަ އިސްލާޙުގެ ދެލިކޮޕީ މި ޢިއުލާނާއި އެއްކަރުދާސްކޮށްފައިވާ ވާހަކަ ދަންނަވަމެވެ. މި އިސްލާޙަށް ހިޔާލު ފާޅުކުރުމަށް 2023 އޮގަސްޓް 6 ގެ ނިޔަލަށް ހުޅުވައިލައިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ވީމާ އިސްވެދެންނެވުނު ގަވާއިދުގެ އިސްލާޙައް ތިޔަ ފަރާތްތަކުގެ ހިޔާލެއް ނުވަތަ ލަފައެއް ވާނަމަ، މި ޢިއުލާނާއި އެއްކަރުދާސްކޮށްފައިވާ "ފޯމެޓް ފޮރ ކޮމެންޓްސް" ގައި ލިޔުއްވުމަށްފަހު 2023 އޮގަސްޓް 6 ވަނަ ދުވަހުގެ ނިޔަލަށް [email protected] އަށް އީ-މެއިލްކޮށްދެއްވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެކެވެ.
އިޚްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.
23 ޖުލައި 2023