ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)399-EDS/399/2023/104
ޕަބްލިޝްކުރި ތާރީޚް: 23 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 14:04
ސުންގަޑި: 24 އޮގަސްޓް 2023 13:00
ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ.ގަމުގައި ސިޓީ ހޮޓަލެއް ތަރައްޤީ ކުރުމަށް ބިމެއް ކުއްޔަށް ދޫކުރުމާއި ގުޅޭ

ލ.ގަމުގައި ސިޓީ ހޮޓަލެއް ތަރައްޤީ ކުރުމަށް ބިމެއް ކުއްޔަށް ދޫކުރުމާއި ގުޅޭ:

 

     މިރަށުގައި ސިޓީ ހޮޓަލެއް ތަރައްޤީކޮށް ހިންގުމަށް ރަށުގެ ހުޅަނގު ފަރާތުން 13900sqm ސްކެއަރ މީޓަރގެ ބިމެއް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ހުޅުވާލުން

 

ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ތަނާއި ބޭނުން

ސިޓީ ހޮޓަލެއް ތަރައްޤީކޮށް ހިންގުމަށް ރަށުގެ ހުޅަނގު ފަރާތުން 13900sqm ބިމެއް

ކުއްޔަށް ދޫކުރެވޭ މުއްދަތު

35 އަހަރު

ބިޑްފޮތް ވިއްކުން

ބިޑްފޮތް ވިއްކާނީ 31 ޖުލައި 2023 ވަނަ ދުވަހުން ފެށިގެން 10 އޯގަސްޓް 2023 ވަނަ ދުވަހުގެ 14:00 އާއި ހަމައަށް ރަސްމީ ދުވަސްތަކުގައި ރަސްމީ ވަގުތު ތެރޭގައެވެ.

ބިޑްފޮތް ވިއްކާ އަގު:

-/5000 (ފަސްހާސް ރުފިޔާ)

ބިޑް ސެކިއުރިޓީގެ އަދަދު:

-/100000 (އެއްލައްކަ ރުފިޔާ)

މި ބިޑް ސެކިއުރިޓީ އަކީ ރާޢްޖޭގައި ހިންގާ ބޭންކަކުން ނުވަތަ ސަރުކާރުން ގަބޫލުކުރާ ފައިނޭންޝިއަލް އިންސްޓިޓިއުޓްއަކުން ދޫކުރެވި، ބިޑް ހުޅުވާ ދުވަހުން ފެށިގެން 40 (ސާޅީސް) ދުވަހުގެ މުއްދަތަށް އޭގެ ސައްޙަކަން ދެމިއޮންނަ އެއްޗަކަށް ވާން ވާނެއެވެ.

ބިޑް ލިބިގަތުމުގެ ފީ:

-/100000 (އެއްލައްކަ ރުފިޔާ)

ބިޑް ކާމިޔާބުކުރެވިއްޖެނަމަ ބިން ލިބިގަތުމުގެ ފީއެއްގެ ގޮތުން ރަސްމީ 10 ދުވަހުގެ ތެރޭގައި މިފީ ކައުންސިލަށް ދައްކަން ޖެހޭނެއެވެ.

ބިޑް ޑޮކިއުމެންޓަށް އިސްލާޙް ގެނައުން:

ބިޑް ޑޮކިއުމެންޓްއަށް އެއްވެސް ސަބަބަކާއިހުރެ އިސްލާޙެއް ގެންނަން 2023 އޯގަސްޓް 10 ވަނަ ދުވަހާއި ހަމަޔަށް ކައުންސިލުން ބޭނުންވެއްޖެނަމަ، އެބަދެއް ގެނައުމަށްފަހު ބިޑް ޑޮކިއުމެންޓް ގަނެފައިވާ ކޮންމެފަރާތަކަށް އެ ބަދަލެއް ވަކިން ފޮނުވޭނެއެވެ.

ބިޑް ހުށަހަޅަންޖެހޭ ތަން

ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ / ލ.ގަން

ބިޑް ހުށަހަޅަންޖެހޭ ތާރީޙާއި ގަޑި:

24 އޯގަސްޓް 2023 ވަނަ ދުވަހުގެ 13:00

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ލިޔުމުން [email protected] އަށް އީމެއިލް ކުރެއްވުން އެދެން

ބީލަމުގެ މައުލޫމާތު

ބީލަންތައް ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ކައުންސިލްގެ އިދާރާގެ ފުރިހަމަ އެޑްރެސް އޮންނަންވާނެއެވެ. އަދި އަންނަނިވި ޢިބާރާތް ސިޓީއުރައިގައި ކައުންސިލްގެ އިދާރާގެ އެޑްރެސް ޖަހާ ފުށުގެ އެންމެމަތީގައި، މެދަށްވާގޮތަށް، ފުރިހަމައަށް ލިޔެފައި އޮންނަންވާނެއެވެ. " ލ.ގަމުގައި ސިޓީ ހޮޓަލެއް ތަރައްޤީ ކުރުމަށް ބިމެއް ކުއްޔަށް ހިފުމަށް ހުށަހަޅާ ބިޑް  10 އޯގަސްޓް 2023".ސިޓީއުރައިގެ ބޭރުގައި، ބިޑް ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ލިޔެފައި އޮންނަންވާނެއެވެ. އަދި ސިޓީއުރައިގެ ކަނާތްފަރާތު މަތީކަނުގައި ބިޑްގެ ސީރިއަލް ނަންބަރު ލިޔެފައި އޮންނަންވާނެއެވެ.

    

 

 

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

23 ޖުލައި 2023

                 

                                                               

                             

                                                              ޢަބްދުﷲ އާސިފް

                                                              ނައިބު ރައީސް

23 ޖުލައި 2023