މަސައްކަތް
ނަންބަރު: (IUL) 268/2023/30
ޕަބްލިޝްކުރި ތާރީޚް: 23 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 13:54
ސުންގަޑި: 31 ޖުލައި 2023 13:30
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ލައުޑު ސްޕީކަރ ހަރުކުރާ އެންޓަނާގެ ބުޑު އެޅުމާއި އެންޓަނާ ހަރުކުރުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުން

ނޭކުރެންދޫ ކައުންސިލްގެ ލައުޑު ސްޕީކަރ ހަރުކުރާ އެންޓަނާގެ ބުޑު އެޅުމާއި އެންޓަނާ ހަރުކުރުމުގެ މަސައްކަތް މި ކައުންސިލުންދޭ މައުލޫމާތާއި  އެއްގޮތަށް ކޮށްދޭނޭ ފަރާތެއް ހޯދަންބޭނުންވެއްޖެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2023 ޖުލައި 31 ވާ ހޯމަ ދުވަހުގެ 13:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 2023 އޮގަސްޓް 07 ވާ ހޯމަ ދުވަހުގެ 13:30އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެފަހުން ހުށަހެޅޭ އަންދާސީ ހިސާބުތަކާއި މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު 18/2014 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު 19/2014 ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.  އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރ 6520042 އަށް ގުޅުއްވުން އެދެމެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

23 ޖުލައި 2023