ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)309-CBF/309/2023/127
ޕަބްލިޝްކުރި ތާރީޚް: 23 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 13:29
މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިނިވަން ދުވަހުގެ ދިދަ ނެގުމާއިގުޅޭ
އިޢުލާން
މިނިވަން ދުވަހުގެ ދިދަ ނެގުމާއިގުޅޭ
އެހެނިހެން އަހަރު ތަކެކޭވެސް އެއްފަދައިން މިއަހަރު ވެސް ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހުގެ މުނާސަބާގައި ބޭއްވުމަށް ހަމަޖެހިފައިވާ ދިދަ ނެގުމުގެ ރަސްމިއްޔާތު 26 ޖުލައި 2023 ވާ ބުދަ ދުވަހުގެ ހެނދުނު 6:00 ގައި މިއިދާރާގައި އޮންނާނެއެވެ.
ވީމާ، މިރަސްމިއްޔާތުގައި ބައިވެރިވެ ލެއްވުމަށްޓަކައި އެދުވަހުގެ ފަތިހު 5:45 އަށް ކައުންސިލް އިދާރާ އަށް ވަޑައިގެން ދެއްވުން އެދި ލޮބުވެތި އެންމެހާ ރައްޔެތުންނަށް ދަޢުވަތުއަރުވަމެވެ. މިފަދަ އެންމެހާ ކަންކަމުގައި ތިޔަ ލޮބުވެތި ރައްޔެތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރު ލެއްވުމަށްޓަކައި އިޚުލާޞްތެރިކަމާއި އެކު ޝުކުރު ދެންނެވީމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
23 ޖުލައި 2023