މަސައްކަތް
ނަންބަރު: (IUL)459-A/1/2015/8
ޕަބްލިޝްކުރި ތާރީޚް: 09 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:28
ސުންގަޑި:
18 ފެބުރުވަރީ 2015 10:00
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މުވައްޒަފުންނަށް ޓެސްޓް ޕޭޕަރުތަކެއް ތައްޔާރު ކޮށްދޭނޭ ފަރާތެއް ހޯދުމަށް
މުވައްޒަފުންނަށް ޓެސްޓް ޕޭޕަރުތަކެއް ތައްޔާރު ކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރި އިޢުލާން IUL) 459-A/459/2015/3) ބާޠިލުކޮށް މިކަމަށް އަލުން އިޢުލާން ކުރަމެވެ.
މިމިނިސްޓްރީއަށް މުވައްޒަފުން ހޮވާއިރުގައި ހައްދަން ބޭނުންވާ އިމްތިޙާނުތަކަކާ ގުޅިގެން ތިރީގައި ދެންނެވިފައިވާ ޕޭޕަރުތައް ތައްޔާރު ކޮށްދެއްވާނެ ފަރާތެއް ބޭނުންވެގެން ކުރި އިޢުލާން ނަންބަރު IUL)459-A/459/2015/3) ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ހަދަން ބޭނުންވާ ޕޭޕަރުތައް
- ކޭސް ވޯކަރުންގެ ޕްރޮސީޖަރ މެނުއަލްއާ ގުޅިގެން އިމްތިޙާން ޕޭޕަރ
- އެޕްޓިޓިއުޑް ޓެސްޓް ޕޭޕަރ
- ކޭސް ސްޓަޑީ ޕޭޕަރ
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 18 ފެބުރުވަރީ 2015 ވާ ބުދަ ދުވަހުގެ 10:00 އަށް މިމިނިސްޓްރީއަށް (ހުރަވީ ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 23 ފެބުރުވަރީ 2015 ވާ ހޯމަ ދުވަހުގެ 10:00އަށް މިމިނިސްޓްރީއަށް (ހުރަވީ ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
19 ރަބީޢުލްއާޚިރު 1436
09 ފެބުރުވަރީ 2015