ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)415/415/2023/101
ޕަބްލިޝްކުރި ތާރީޚް: 12 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 12:30
ސުންގަޑި: 25 ޖުލައި 2023 20:30
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2023 ވަނަ އަހަރުގެ ފުރަތަމަ 06 މަސްދުވަހުގެ ރިޕޯޓު ރައްޔިތުންނާ ހިއްސާކުރުން

އިޢުލާން

2023 ވަނަ އަހަރުގެ ފުރަތަމަ 06 މަސްދުވަހުގެ ރިޕޯޓު ރައްޔިތުންނާ ހިއްސާކުރުން

      ޤާނޫނު ނަންބަރު 07/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 110 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ތިނަދޫ ކައުންސިލްގެ 2023 ވަނަ އަހަރުގެ ބަޖެޓާއި މަސައްކަތު ތާވަލަށް ރައްޔިތުންގެ ޚިޔާލު ހޯދުމާއި ވޭތުވެދިޔަ 06 މަސްދުވަހުގެ ރިޕޯޓު ރައްޔިތުންނާ ޙިއްސާކުރުމަށް ބާއްވާ ބައްދަލުވުން 25 ޖުލައި 2023 ވާ އަންގާރަ ދުވަހުގެ ރޭ 20:30 ގައި ތިނަދޫ އާބާދީ މަރުކަޒުގައި ބާއްވާ ގޮތަށް ހަމަޖައްސައިފީމެވެ.

       ވީމާ، މި ބައްދަލުވުމަށް ވަޑައިގެންދެއްވުން އެދި ތިނަދޫގެ އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

12 ޖުލައި 2023