މުބާރާތް
ނަންބަރު: (IUL)247-EDSS/247/2023/103
ޕަބްލިޝްކުރި ތާރީޚް: 23 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 12:08
ސުންގަޑި: 20 އޮގަސްޓް 2023 10:00
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަންއަޑު ޤުރްއާން މުބާރާތް-1445 ގައި ބައިވެރިވުމާއި ގުޅޭ

ރަންއަޑު ޤުރްއާން މުބާރާތް-1445 ގައި ބައިވެރިވުމާއި ގުޅޭ        

 ހއ އަދި ހދ އަތޮޅަށް ހުޅުވާލައިގެން ހޯރަފުށީ ރަންއަޑު ޤުރްއާން މުބާރާތް 1445 ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއަހަރު މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2023 ސެޕްޓެމްބަރ 27 ވަނަ ދުވަހު ހޯރަފުށީގައެވެ. މި މުބާރާތުގެ މުޤައްރަރު، މި އިޢުލާނާއިއެކު ޢާއްމުކޮށްފައިވާ " ހޯރަފުށީ ރަންއަޑު ޤުރްއާން މުބާރާތުގެ ޤަވާއިދު – 1445 " ގައި ބަޔާންކޮށްފައި ވާނެއެވެ.

 1. މުބާރާތުގައި ހިމެނޭ ގޮފިތައް

1.1.ހިތުން ކިޔެވުމުގެ ގޮފި

1.2. ފޮތުން ކިޔެވުމުގެ ގޮފި

 2. މުބާރާތުގައި ބައިވެރިވުމުގެ ޝަތުރުތައް

2.1  ހއ އަދި ހދ އަތޮޅު ތަމްޘީލްކުރާ ރަށެއްގެ، އިދާރާތަކާ، ސްކޫލް، މަދަރުސާތަކާ، ރަޖިސްޓްރީ ކޮށްފައިވާ ޤުރްއާން ކްލާސްތަކާ، ކުންފުނި އަދި ކްލަބް، ޖަމްޢިއްޔާތައް ތަމްސީލުކުރާ ކެންޑިޑޭޓުންނަށްވުން. ނުވަތަ އަމިއްލަގޮތުން ބައިވެރިވާ ކެނޑިޑޭޓުންނަށްވުން.

2.2  މުބާރާތުގައި ވާދަކުރާ ބައިވެރިންނަކީ ހއ އަދި ހދ އަތޮޅުގެ ރަށްވެހީން ކަމުގައިވުން.

އަދި ރަށުގައި ދިރިއުޅޭތާ 6 މަސްވެފައިވާ ފަރާތްތަކަށްވުން.

2.3  މުބާރާތުގެ އޮޑިޝަނުން ހޮވޭ ފަރާތަކަށްވުން.

 3. މުބާރާތުގެ އޮޑިޝަން

        އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވުމުން، މި މުބާރާތުގެ އޮޑިޝަން ބާއްވާނެ ތާރީޚާއި އެކަމާއި ގުޅޭ އިތުރު މަޢުލޫމާތު މި އިދާރާގެ ފަރާތުން އިޢުލާން ކުރާނެއެވެ. އަދި އެ މަޢުލޫމާތުތައް އެޕްލިކޭޝަން ފޯމް ހުށަހެޅި ހުރިހާ ފަރާތްތަކަށް އީމެއިލް ނުވަތަ ފޯން މެދުވެރިކޮށް ޙިއްސާ ކުރެވޭނެއެވެ.

 4.  މުބާރާތުގައި ބައިވެރިވުން

         މި މުބާރާތުގައި ބައިވެރިވުމަށްޓަކައި ތިރީގައި ބަޔާންކޮށްފައިވާ އޮންލައިން ލިންކް މެދުވެރިކޮށް، 2023 އޮގަސްޓް 20 ވަނަ ދުވަހުގެ 10:00 ގެ ކުރިން އެޕްލިކޭޝަން ފޮނުއްވުން އެދެމެވެ. އޮންލައިންކޮށް އެޕްލިކޭޝަން ފޮނުއްވުމަށްފަހު، މި އިދާރާގެ [email protected] އަށް ބައިވެރިޔާ އަދި ބެލެނިވެރިޔާގެ އައިޑީ ކާޑުގެ ސާފުކޮޕީއެއް މެއިލް ކުރައްވަން ވާނެއެވެ. މުބާރާތުގައި / އޮޑިޝަންގައި ބައިވެރިވި ކަމަށް ބެލެވޭނީ އެޕްލިކޭޝަން ޤަބޫލުކުރިކަން ހޯރަފުށީ ކައުންސިލްގެ އިދާރާއިން އެފަރާތަށް އެންގުމުން ނުވަތަ ބައިވެރިންގެ ލިސްޓް ޢާއްމު ކުރުމުންނެވެ.

          އޮންލައިން އެޕްލިކޭޝަން ލިންކް:

          https://forms.office.com/r/fTZyh1hwTf                                                    

          މުބާރާތުގައި ބައިވެރިވުމާއި، ޝަރުޠުތަކާއި، އަދި އިތުރު މަޢުލޫމާތު "ހޯރަފުށީ ރަންއަޑު ޤުރްއާން މުބާރާތް – 1445" ގެ ޤަވާޢިދުގައި ހިމެނިފައިވާނެއެވެ. މި މުބާރާތުގެ ޤަވާޢިދު ތިރީގައި ބަޔާންކޮށްފައިވާ ލިންކުން ޑައުންލޯޑް ކުރެވޭނެއެވެ. ނުވަތަ ބައިވެރިވާން ބޭނުންވާ ފަރާތުން މި އިދާރާގައި އެދިލެއްވުމުން އީމެއިލް މެދުވެރިކޮށް ފޮނުވައި ދެވޭނެއެވެ.

          ޤަވާއިދު ބެލޭނޭ ލިންކް:

          RanAdu Quran Mubaaraiy - 1445  

          ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާނު ކުރީމެވެ.

          05 މުޙައްރަމް 1445

          23  ޖުލައި  2023

23 ޖުލައި 2023