މަސައްކަތް
ނަންބަރު: C10C-A/2023/06
ޕަބްލިޝްކުރި ތާރީޚް: 23 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 11:00
ސުންގަޑި: 03 އޮގަސްޓް 2023 11:00
މިލަދުންމަޑުލު އުތުރުބުރީ މަރޮށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ށ.މަރޮށީ މެޖިސްޓްރޭޓް ކޯޓްގައި ކުރަންހުރި ބައެއް މަރާމާތުތައްކޮށްދޭނެ ފަރާތެއް ހޯދުން

މިކޯޓްގެ ނަންބަރު C10C-A/2023/05 (10 ޖުލައި 2023) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގު ބޮޑުކަމަށް ފެންނާތީ އެއިޢުލާން ބާޠިލްކޮށް، މިކޯޓްގެ ވަށާފާރުގައި ސިމެންތިޖަހައި، އެސްއެސް ގޭޓެއް ހަދައި ހަރުކޮށް، ވޯކްވޭ ހަދައި އަދި ވަށާފާރުގައި ކުލަލުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 ޖުލައި 2023ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށްއެދޭ ފޯމް މި ކޯޓަށް ހުށަހަޅަންވާނެއެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވަން ބޭނުންނަމަ ކަނޑައެޅިފައިވާ ގަޑި ޖެހުމުގެކުރިން [email protected] އަށް މެއިލް ކުރަންވާނެއެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރި ފަރާތްތަކުން، އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 31 ޖުލައި 2023ވާ ހޯމަ ދުވަހުގެ 11:00 އަށް ށ.މަރޮށީ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެންނެވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 03 އޮގަސްޓް 2023ވާ ބުރާސްފަތި ދުވަހުގެ 11:00ގައި މިކޯޓުގައި އެވެ.

ބީލަމުގައި ރަޖިސްޓްރީނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް، އަންދާސީހިސާބު ހުށަހަޅާ ފޯމު އަދި ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރަން އެދޭ ފޯމް މި އިޢުލާނާއެކު ގެޒެޓްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. އަދި މިތަކެތި މިކޯޓްގެ ކައުންޓަރުންވެސް ލިބެން ހުންނާނެ ވާހަކަވެސް ދަންނަވަމެވެ.

23 ޖުލައި 2023