ދިވެހިރާއްޖެ
އިޢުލާން |
||
ވަޒީފާގެ ފުރުޞަތު: |
||
މި އިދާރާއިން 2015 ޖެނަވަރީ 18 ވަނަ ދުވަހު ގެޒެޓްކުރެވުނު ނަންބަރު IUL)240-CA/240/2015/02 ގެ އިއުލާނާ ގުޅިގެން ކުރިމަތިލީ ފަރާތުގެ ސަރުޠު ހަމަނުވާތީ، އެ އިއުލާނު ބާޠިލުކޮށް، އެ މަޤާމަށް މީހަކު ހޯދުމަށްޓަކައި އަލުން އިޢުލާނު ކުރީމެވެ. |
||
މަޤާމް: |
ޕްލޭނިންގ އޮފިސަރ |
|
ކުލެސިފިކޭޝަން: |
ޓެކްނިކަލް އޮފިސަރ ގުރޭޑް 1 |
|
ރޭންކް: |
MS1 |
|
މުސާރަ: |
5610:00 ރުފިޔާ |
|
އެހެނިހެން ޢިނާޔަތްތައް: |
- މުސާރަ: މަހަކު 5610:00 ރުފިޔާ - ސަވިސް އެލަވަންސް: މަހަކު 2000:00 ރުފިޔާ - މި މަޤާމުގެ މުސާރައިގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
|
ބޭނުންވާ އަދަދު: |
1 (އެކެއް) |
|
މަޤާމު ބޭނުންވާ ސެކްޝަން: |
އެޓޮލް ޑިވެލޮޕްމަންޓް ސަރވިސް |
|
މަސައްކަތް ކުރަންޖެހޭ ތަނާއި، ރަށް: |
ލ. އަތޮޅު ކައުންސިލްގެ އިދާރާ، ލ. ފޮނަދޫ |
|
މަޤާމުގެ ޝަރުޠުތައް: |
1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. |
|
މަޤާމުގެ މަސްއޫލިއްޔަތު:
|
|
|
މީހުން ހޮވުމުގައި ބެލާނެ ކަންތައްތައް: |
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު. - ވަޒީފާއާ ގުޅޭ ދާއިރާއިން ހޯދާފައިވާ ތަމްރީނު. - ވަޒީފާގެ ދާއިރާގައި މަސައްކަތުގެ މަޢުލޫމާތު ލިބިފައިވާ މިންވަރު. - މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު. |
|
އިންޓަވިއުކުރުމާއި، އިމްތިޙާންކުރުން. |
ތަނާއި މުއްދަތު ނުވަތަ ތާރީޚު ކަނޑައެޅި ހަމަޖެހުމުން، މަދުވެގެން ރަސްމީ 5 ދުވަހުގެ ކުރިން، މި މަޤާމަށް އެދުނު ފަރާތްތަކަށް އެންގޭނެއެވެ. |
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
1- ސިވިލް ސަރވިސްގެ ވަޒިފާއަށް އެދޭ ފޯމް. 2- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފުކޮޕީ. 4- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަނުން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ) 5- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް ( ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު، އެފަރާތުގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.) 6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ) |
|
ސުންގަޑި: |
2015 ފެބުރުވަރީ 19 ވާ ބުރާސްފަތި ދުވަހުގެ 15.00 ގެ ކުރިން މި އިދާރާއަށް. |
|
އިތުރު މަޢުލޫމާތު: |
- ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. - މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6800713 ނަންބަރު ފޯނާއެވެ. |
20 ރަބީޢުލްއާޚިރު 1436