ދިވެހިރާއްޖެ
އިއުލާން
ނޭޝަނަލް ހިއުމަން ރިސޯސް ޑިވެލޮޕްމެންޓް ޕްލޭން ތައްޔާރުކޮށްދޭނެ ފަރުދެއް ހޯދުން
މި މިނިސްޓްރީން 2023 މެއި 31 ވަނަ ދުވަހު ކުރެވުނު ނަންބަރު (IUL)475-Admin/475/2023/100 އިއުލާންގެ ދަށުން އަންދާސީހިސާބު ހުށަހަޅާފައިވާ އެއްވެސް ފަރާތެއް ޝަރުތުހަމަނުވާތީ އެ އިއުލާން ބާތިލްކޮށް، ނޭޝަނަލް ހިއުމަން ރިސޯސް ޑިވެލޮޕްމެންޓް ޕްލޭން ތައްޔާރު ކޮށްދޭނެ ދިވެހި ފަރުދެއް ހޯދުމަށް އަލުން އިއުލާން ކުރީމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރުދުން މި މިނިސްޓްރީން މައުލޫމާތު ސާފުކުރެއްވުމަށް ފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ދިނުން އޮންނާނީ 2023 ޖުލައި 25 ގެ 11:00 ގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، އުމަރު ޒާހިރު އޮފީސް އިމާރާތުގެ ފަސްވަނަ ފަންގިފިލާގައެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2023 އޯގަސްޓް 02 ގެ 11:00 ގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، އުމަރު ޒާހިރު އޮފީސް އިމާރާތުގެ ފަސްވަނަ ފަންގިފިލާގައެވެ.