ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)399-CA/399/2023/103
ޕަބްލިޝްކުރި ތާރީޚް: 20 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 21:52
ސުންގަޑި: 28 ޖުލައި 2023 20:30
ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނާއި ބައްދަލުކުރުން - 2023 ޖުލައި

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު 2010/7 ގެ 107 ވަނަ މާއްދާ ގައިވާ ގޮތުގެ މަތިން ޖުލައިމަހު ކައުންސިލުން ބާއްވާ ރައްޔިތުންނާއި ބައްދަލުކުރުން 28 ޖުލައި 2023 ވާ ހުކުރު ދުވަހުގެރޭ 20:30 ގައި ކައުންސިލް އިދާރާގެ ގޯތިތެރޭގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

 މިބައްދަލުވުމުގައި 2024 ވަނަ އަހަރު މަސައްކަތު ތާވަލް، 2024 ވަނަ އަހަރަށް ލަފާކުރެވޭ ބަޖެޓް އަދި 2023 ވަނައަހަރުގެ 06 މަސްދުވަހު ހިންގުނު ހަރަކާތްތަކުގެ މަޢުލޫމާތު ހިއްސާކޮށް ޚިޔާލުހޯދުން އޮންނާނެއެވެ.  

ވީމާ، މިބައްދަލުވުމުގައި ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވެ ދެއްވުންއެދެމެވެ.  

20 ޖުލައި 2023