ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: TENDER/HMH/2023/039
ޕަބްލިޝްކުރި ތާރީޚް: 20 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 19:23
ސުންގަޑި: 03 އޮގަސްޓް 2023 10:00
ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލްގެ ޗައިލްޑް ޑިވެލޮޕްމެންޓް ސެންޓަރަށް ބޭނުންވާ އެސެސްމެންޓް ޓޫލްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ހުޅުމާލެ ހޮސްޕިޓަލްގެ ޗައިލްޑް ޑިވެލޮޕްމެންޓް ސެންޓަރަށް ބޭނުންވާ އެސެސްމެންޓް ޓޫލްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ނަންބަރު: TENDER/HMH/2023/039

ހުޅުމާލެ ހޮސްޕިޓަލްގެ ޗައިލްޑް ޑިވެލޮޕްމެންޓް ސެންޓަރަށް ބޭނުންވާ އެސެސްމެންޓް ޓޫލްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ރެޖިސްޓްރޭޝަން:

ބީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ބިޑް ރެޖިސްޓްރޭޝަން  30 ޖުލައި 2023ވާ އާދިއްތަ 10:00ގެ ކުރިން ގޫގުލް ފޯމް މެދުވެރިކޮށް ފުރިހަމަކުރަންވާނެއެވެ. ސުންގަޑީގެ ފަހުން ފޮނުވާ ފޯމްތައް ބަލައިނުގަނެވޭއެވެ. މި ބިޑަށް އަގު ހުށަހެޅޭނީ ބިޑުގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށެވެ. ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.

ރެޖިސްޓްރީވުމަށް ފޯމު ފޮނުވުމަށްފަހު ފޯމު ލިބުނުކަން ޔަޤީންކުރުމަކީ ބީލަމުގައި ބައިވެރިވާ ފަރާތްތަކުގެ ޒިންމާއެކެވެ.

 

ބިޑް ރެޖިސްޓްރޭޝަން ގޫގުލް ފޯމް ލިންކް:

https://forms.gle/yufpJRRp1tp3fByr7

 

އަންދާސީ ހިސާބު ހުށަހެޅުން:

ބީލަން ހުށަހެޅުން އޮންނާނީ 3 އޮގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 10:00ގައި ހުޅުމާލެ ހޮސްޕިޓަލްގެ ވައްލަ މީޓިންގް ރޫމުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯމެޓުގައި މި ހޮސްޕިޓަލުގެ ވެބްސައިޓް  https://hmh.gov.mv/procurement އިން 20 ޖުލައި 2023 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބިޑާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 30 ޖުލައި 2023ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދެވުމަށް ގުޅުއްވާނީ:

ފޯން: 3350152 / 3350113

އީ-މެއިލް: [email protected]

20 ޖުލައި 2023

ޕްރޮކިޔުމެންޓް ޑިޕާޓްމެންޓް

20 ޖުލައި 2023