ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
އިއުލާން ނަންބަރު:WAMCO-PRO/IUL/2023/075
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑަށްއޮފީސް ހިންގުމަށް ބޭނުންމާ އިމާރާތެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދުން.
މިކޯޕަރޭޝަނުގެ ފުވައްމުލަކު އޮފީސް ހިންގުމަށް ބޭނުންމާ އިމާރާތެއް ކުއްޔަށް ހިފުމަށް ކުރެވުނު އިއުލާން ނަމްބަރު WAMCO-PRO-IUL-071 އަށް އެކަށީގެންވާ ތަރުހީބު ލިބިފައިނުވާތީވެ އަލުން އިއުލާން ކުރަމެވެ. ވީމާ، މި ކަމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީހުގެ ކުރިން މިކުންފުނީގެ ހެޑްއޮފީހަށް ނުވަތަ ފުވައްމުލަކުގައި ހުންނަ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ އޮފީސް ހުށައެޅުއްވަންވާނެއެވެ. ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި ބީލަންތައް ހުންނަންވާނީ މައުލޫމާތު ކަރުދާހުގައި ބަޔާންކުރައްވާފައިވާ ފަދައިން ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ ނަންބަރު ގުޅުއްވުން ނުވަތަ އީމެއިލް ކުރެއްވުން އެދެމެވެ.
|
ތާރީޙު |
ގަޑި |
ތަން |
ބިޑް ހުށައެޅުން |
25 ޖުލައި 2023 |
11:00 |
މާލޭ އިންޑަސްޓްރިއަލް ވިލްޖުގައި ހުންނަ ވެމްކޯގެ އޮފީސް ފުވައްމުލަކުގައި ހުންނަ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ އޮފީސް |
25 ޖުލައި 2023 ވާއަންގާރަ ދުވަހުގެ ހެނދުނު 11:00ގެ ފަހުން ލިބޭ އެއްވެސް ޕްރޮޕޯސަލްއެއް ބަލައެއް ނުގަނެވޭނެއެވެ.
ބިޑް ހުށައަޅުއްވާއިރު އިޢުލާންގައިވާ ނުކުތާތަކަށް އިސްކަންދީ މަޢުލޫމާތުތައް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ ނަންބަރު ގުޅުއްވުން ނުވަތަ އީމެއިލް ކުރެއްވުން އެދެމެވެ.
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
މއ. ޖަންބުގަސްދޮށުގެ، ތިންވަނަ ފަންގިފިލާ
މަޖީދީމަގު ، މާލެ، ދިވެހިރާއްޖެ.
ޕޯސްޓަލްކޯޑް:20161
ފޯން ނަންބަރު: 3025804 ފެކްސް ނަންބަރު: 3000584
20 ޖުލައި 2023