ދިވެހިރާއްޖެ
ރ.ދުވާފަރު 39.04 ނަމްބަރުގޭ ރ.ކަނދޮޅުދޫ/ ގުމްރީގޭ އަލްފާޟިލާ އާމިނަތު ރަޝީދާގެ ނަމުގައި ރަޖިސްޓްރީކޮށްދިނުމަށް އެދި މި އިދާރާއަށްވަނީ ހުށަހަޅާފައެވެ. މިގޭ އެފަރާތުގެ ނަމުގައި ރަޖިސްޓްރީކޮށްދިނުމުގެ ކުރިން މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް އަދި ޝަކުވާއެއް އެއްވެސް ފަރާތަކުން ހުށަހަޅަން ބޭނުންވާނަމަ، ނުވަތަ އެއްވެސް ފަރާތަކުން ޝަރީއަތަށް މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް ހުށަހަޅަފައިވާނަމަ އެކަން މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި މި އިދާރާއަށް އެންގެވެން އެދެމެއެވެ.
މިމުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން އެފަދަ ކަމެއް މިއިދާރާއަށް ހުށަހަޅާފައިނުވާނަމަ، އެފަދަ ކަމެއްނެތީ ކަމަށް ބަލައި ރ.ދުވާފަރު 39.04ނަމްބަރުގޭ ރ.ކަނދޮޅުދޫ/ ގުމްރީގޭ އަލްފާޟިލާ އާމިނަތު ރަޝީދާގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދެވޭނެކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
02 މުޙައްރަމް 1445
20 ޖުލައި 2023