ބީލަން
ނަންބަރު: (IUL)314/INDIV/2023/66
ޕަބްލިޝްކުރި ތާރީޚް: 20 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 14:38
ސުންގަޑި: 27 ޖުލައި 2023 13:00
މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދައުވަތު

 

                                                        ނަމްބަރ: (IUL)314/INDIV/2023/66

އިޢުލާން

ބީލަން ހުށަހެޅުމުގެ ދައުވަތު


މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލުގެ އިދާރާއިން ދޭ ސްޕެސިފިކޭޝަނާއި އެއްގޮތަށް މީޓިންރޫމް ޓޭބަލް އަދި ގޮނޑި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކައުންސިލުން އަރުވަމެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން  މި އިޢުލާނާއެކު ޢާންމުކުރެވިފައިވާ  ބީލަން ފޮތުގައި ބަޔާންކޮށްފައިވާ މައުލޫމާތައް ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.

މި މަސައްކަތުގެ “ބީލަން ފޮތް'' މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗްކޮށްފައި ވާނެއެވެ. އަދި  މިކައުންސިލާ ގުޅުއްވުމުން ވެސް ބޭނުންވާ ފަރާތްތަކަށް އީމެއިލްގެ ޒަރީޢާއިން ޑޮކިޔުމަންޓް ފޯރުކޮށް ދެވޭނެއެވެ.

ބިޑް ރަޖިސްޓްރީ ކުރުން

ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން މިކައުންސިލްގައި ރެޖިސްޓަރ ކުރަންވާނެއެވެ. މިކަމަށް މިއިދާރާއަށް ވަޑައިގެން، މިއިދާރާގެ ނަންބަރު 6600051 ގުޅުއްވައިގެން ނުވަތަ މި އިދާރާގެ މެއިލް އެޑްރެސް  [email protected] އަށް ރިކުއެސްޓްކޮށް ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުގެ ތަފްސީލާއެކު ( ނަމާއި އެޑްރެސް / ފޯން ނަންބަރު / އީމެއިލް އެޑްރެސް / އައި.ޑީކާޑު ނަންބަރު، ވިޔަފާރި / ޖަމިއްޔާގެ ރަޖިސްޓްރީ ކޮޕީ ) އިޢުލާން ނަންބަރާއެކު މެއިލްކޮށްދިނުން އެދެމެވެ.  މިބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީގެ އިތުރުން ޖީއެސްޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓް އޮތް ފަރާތްތަކަށެވެ.

 

ރެޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 27 ޖުލައި 2023 ވާ އާދިއްތަ ދުވަހުގެ 13.00 ގެ ނިޔަލަށެވެ.  މި މުއްދަތުގައި ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

 

ޕްރީބިޑް ބައްދަލުވުން

މި ބިޑާއި ބެހޭ ހުރިހާ މަޢުލޫމާތެއް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާތީ،  މަޢުލޫމަތު ދިނުމަށް އިތުރު ބައްދަލުވުމެއް ނޯންނާނެއެވެ.

ބިޑު ސެކިއުރިޓީ

މި އިޢުލާނާގުޅިގެން ބިޑް ހުށަހަޅުއްވާ ފަރާތްތަކުން ބިޑް ސެކިޔުރިޓީ ހުށަހަޅާކަށް ނުޖެހޭނެއެވެ.

 

 

 

 

 

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

 

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީހާއި ވަގުތު،ބީލަން ހުށަހަޅާ ފަރާތުގެ ނަން،އީމެއިލް-އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން މަދުވެގެން 30 ދުވަސް އޮންނަންވާނެއެވެ.

ބީލަން ހުށަހެޅުން އޮންނާނީ 01 އޮގަސްޓް 2023 ވާ އަނގާރަ ދުވަހުގެ 11:00 ގައި މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލް އިދާރާގެ މީޓިންގ ހޯލްގައެވެ.  ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެއެވެ. އަދި  ބީލަން ކެނޑުމަށް ހަމަޖެހިފައި ވަނީ ހަމަ އެދުވަހުގެ 11:05ގައި މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލަގެ އިދާރާގެ މީޓިގް ހޯލްގައެވެ.އަދި ބީލަން ހުށަހަޅަން ވެރިފަރާތްނޫން އެހެންފަރާތަކުން ހާޒިރުވާނަމަ އިއުތިރާޒެއްނެތް ކަމުގެ ލިއުން ހުށަހަޅަން ވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

އިތުރު މައުލޫމަތެއް ސާފުކުރަން ބޭނުން ފުޅުވާނަމަ ތިރީގައިވާ އީމެއިލްއަށް ނުވަތަ ފޯނު ނަމްބަރަށް ގުޅުއްވުން އެދެމެވެ.

އީމެއިލް އެޑްރެސް[email protected]

ފޯން : 6600051 / 9564565

 ނޯޓް:

މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލަށް ލިބިގެންވެއެވެ. އަދި ބިޑް ޕްރޮސަސްގެ ކޮންމެ ވަގުތެއްގައި ވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި ކައުންސިލަށް ލިބިގެންވެއެވެ.

 

02 މުޙައްރަމް 1445

20 ޖުލައި 2023    

20 ޖުލައި 2023