ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30-MAP/30/2023/148
ޕަބްލިޝްކުރި ތާރީޚް: 20 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 12:55
ސުންގަޑި: 02 އޮގަސްޓް 2023 00:00
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ބިޒްނަސް ޑިވެލޮޕްމަންޓް ސްޕެޝަލިސްޓް

 

މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް  

އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑު) އާއި ދިވެހި ސަރުކާރު ގުޅިގެން މިމިނިސްޓްރީން ކުރިއަށްގެންދާ [މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް] އަކީ ދަނޑުވެރިކަމުގެ ޞިނާއަތް ތަރައްޤީކުރުމަށް 5 އަހަރުދުވަހުގެ މުއްދަތަށް ހިންގޭ ޕްރޮޖެކްޓެކެވެ. މިޕްރޮޖެކްޓަށް ބޭނުންވާ ތިރީގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝައުގެވެރިވާ ފަރާތްތައް [ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު] މި މިނިސްޓްރީއިން ހުޅުވާލަމެވެ.

 

މަޤާމް:  ބިޒްނަސް ޑިވެލޮޕްމަންޓް ސްޕެޝަލިސްޓް

      ކޮންޓްރެކްޓް (1 އަހަރު) މަސައްކަތުގެ ފެންވަރަށް ބަލައި ކޮންޓްރެކެޓް އާކުރެވޭނެ.

ބޭނުންވާ ޢަދަދު:  1

މުސާރާ:  20000-24000 ( އެލަވަންސްތަކާއި އެކު)

މަސައްކަތް ކުރަންޖެހޭ ތަން: މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަދި ޕްރޮޖެކްޓްގެ މަސައްކަތް ހިންގޭ ރަށްތަކުގައި.

މަޤާމުގެ ޝަރުތު: އެގްރިބިޒްނަސް، އެގްރިކްލްޗަރ އިކޮނޮމިކްސް، މާރކެޓިންގް، ބިޒިނަންސް ޑިވެލޮޕްމަންޓް ނުވަތަ މަޤާމުގެ މަސައްކަތާ ގުޅުންހުރި ދައިރާ އަކުން ޑިގްރީ ހާސިލްކޮށްފައިވުމާއި އެކު މަޤާމުގެ މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން މަދުވެގެން  5-7 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މިވަޒީފާތަކަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:     

މި މަޤާމަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ބެލޭނެ ކަންތައްތައް ޓާރމްސް އޮފް ރިފެރެންސްގައި ހިމެނިފައިވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
  2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ސީވީ)
  3. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ (ޓްރާންސްކްރިޕްޓް އާއިއެކު)
  5. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2 އޮގަސްޓް 2023 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މި މިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް (5 ވަނަ ފަންގިފިލާ، މ.ހަޒާރުމާގެ، ފަރީދީމަގު) އަށް ވަޒީފާއަށް އެދި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ލިޔުންތައް އީމެއިލް މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected]  އެވެ.

 

އިތުރު މަޢުލޫމާތު ހޯދުން:

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 15:00 ދެމެދު 3033400 ފޯނާއި ގުޅުއްވުން އެދެމެވެ.

20 ޖުލައި 2023