މަސައްކަތް
ނަންބަރު: (IUL)88-ADHR/88/2023/51
ޕަބްލިޝްކުރި ތާރީޚް: 20 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 12:06
ސުންގަޑި: 02 އޮގަސްޓް 2023 10:00
މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ޑީ.ޖޭ އިން ތަމްރީނު ކުރުމަށް ވޯކްޝޮޕެއް ބޭއްވުން

އިޢުލާން

ދިވެހިރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ޑީ.ޖޭ އިން ތަމްރީނު ކުރުމުގެ ގޮތުން ޑީ.ޖޭ ވޯކްޝޮޕެއް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)88-ADHR/88/2023/40 (06 ޖޫން 2023) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގުތަކަކީ، މި މަސައްކަތަށް އެކަށީގެންވާ ވަރަށްވުރެ ބޮޑު އަގުތަކެއް ކަމަށް މިނިސްޓްރީއަށް ފެންނާތީ، މި އިޢުލާން ބާޠިލްކޮށް އަލުން ޑީ.ޖޭ ވޯކްޝޮޕެއް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑިއަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅިގެން ޕްރީބިޑް މީޓިންގއެއް ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ.

ހަރަކާތް

ތާރީޚް

ގަޑި

ތަން

ބީލަން ހުށަހެޅުން/ހުޅުވުން

02 އޯގަސްޓް 2023 (ބުދަ)

10:00

މިނިސްޓްރީ އޮފް ޓޫރިޒަމް (ވެލާނާގެ، 5 ވަނަ ފަންގިފިލާ)

ބީލަންހުށަހެޅުމާއި ގުޅޭ ޢާންމު އިރުޝާދު، މަޢުލޫމާތު ކަރުދާސް އަދި ބީލަން ހުށަހަޅަންޖެހޭ ފޯމް ސެޓް މި އިޢުލާނާއި އެކު އެއްކަރުދާސްކޮށްފައި ވާނެއެވެ.

އިޢުލާނާގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 31 ޖުލައި 2023 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީގެ އީމެއިލް [email protected] އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ.

20 ޖުލައި 2023