މަސައްކަތް
ނަންބަރު: (IUL)423/423/2023/64
ޕަބްލިޝްކުރި ތާރީޚް: 20 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 09:43
ސުންގަޑި: 07 އޮގަސްޓް 2023 13:00
ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަހައްދުގައި ފަރެސްމާތޮޑާގެ ނަން އެޅުމާއި ގުޅޭ

މި އިޢުލާންވަނީ 06 އޮގަސްޓް 2023 09:39 ގައި ބާތިލް ކުރެވިފައެވެ.


މި އިދާރާއިން ކުރި ނަމްބަރ (IUL)423/423/2023/60 (09 ޖުލައި 2023) އިޢުލާނުގައި ބީލަމުގައި ރަޖިސްޓްރީ ވުމަށްއެދި މެއިލް ކުރަންވީ މެއިލް އެޑްރެހުގައި ޓައިޕިންގ މިސްޓޭކެއް އުޅޭތީވެ، އެ އިޢުލާނު ބާތިލްކޮށް އަލުން އިޢުލާން ކުރީމެވެ.

ވީމާ މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 25 ޖުލައި 2023މ ދުވަހުގެ 13:00ގެ ކުރިން މި އިދާރާގެ މެއިލް އެޑްރެހަށް، [email protected] އިޢުލާން ނަންބަރާއި ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރ/ އީމެއިލް އެޑްރެސް) މެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

ބީލަންތައް ބަލައިގަތުމާއި، ބީލަންތައް ހުޅުވުން އޮންނާނީ 07 އޮގަސްޓް 2023މ ދުވަހުގެ 13:00ގައި ފަރެސްމާތޮޑާ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައެވެ. ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާފަރާތުގެ ނަމާއި، " ފަރެސްމާތޮޑާ ބަނދަރު ސަރަހައްދުގައި ރަށުގެ ނަން އެޅުމުގެ މަސައްކަތް" މިހެން ލިޔެފައި އޮންނަންވާނެއެވެ.

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުވާ ފަރާތްތަކާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލެޕްމަންޓް ގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބާއި، ގަޑި ޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމައްޓަކައި އިޢުލާން ކުރީމެވެ.

20 ޖުލައި 2023