ޢާންމު މަޢުލޫމާތު
ނަންބަރު: D-381/IUL/2023/ 47
ޕަބްލިޝްކުރި ތާރީޚް: 18 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 22:36
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަހުވަދޫން ބަންޑާރަ ގޯޗަށް އެދި ހުށަހަޅާފައިވާ ފޯމްތައް އިވެލުއޭޓްކޮށް ޕޮއިންޓް ދިނުމާގުޅޭ

ކުޑަހުވަދޫން ބަންޑާރަ  ގޯއްޗަށް އެދި  ފޯމް ހުށަހެޅުމަށް ކޮށްފައިވާ މި އިދާރާގެ ނަންބަރު: D-381/IUL/2022/59  ( 30 އޮގަސްޓް 2022 ) ގެ ޢިއުލާނާއެކު ގުޅިގެން، ފޯމް ހުށަހަޅާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ފޯމުގައިވާ މަޢުލޫމާތައް ބަލައި ޕޮއިންޓްދިނުމަށްފަހު، މިއިދާރާގެ ނަންބަރު:D-381/IUL/2023/04 ( 12 ޖަނަވަރީ 2023 ) ގެ އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ޝަކުވާތަކާމެދު، 2023 މެއި 08ވަނަ ދުވަހު ގޯތިކޮމެޓީން ބޭއްވި ބައްދަލުވުމުގައި، ތިރީގައިވާގޮތަށް ޢަމަލުކުރުމަށް ވަނީ ނިންމާފައެވެ.

  • ފޯމް ހުށަހެޅިފަހުން، ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚާއި ހަމައަށް ދިރިއުޅުމުގެ ހާލަތަށް ބަދަލެއް އައިސްފައިވާނަމަ އެއައިސްފައިވާ ބަދަލާއި ގުޅިގެން ހުށަހަޅާފައިވާ ޝަކުވާތަކަށް ޢަމަލުކުރުމަށާއި، ފޯމް ހުށަހެޅުމުގެ އެންމެފަހު ތާރީޚްގެ ފަހުން ދިރިއުޅުމުގެ ހާލަތަށް އައިސްފައިވާ ބަދަލުތަކަށް ރިއާޔަތް ނުކުރުމަށެވެ.

ގޯތިކޮމެޓީގެ ބައްދަލުވުމުގައި މިގޮތަށް ނިންމާފައިވަނީ، ގައިޑްލައިންގައި ދިރިއުޅުމުގެ ހާލަތަށް އަންނަބަދަލު ވަޒަންކުރުމުގައި ވަގުތީލިސްޓް އާއްމުކުރާ ތާރީޚާއި ހަމައަށް ކޮމެޓީން ރިއާޔަތްކުރަން ވާނޭކަމަށް ބަޔާންކޮށްފައި ވީނަމަވެސް، އެއީ ކޮން ހާލަތެއް ނުވަތަ ހާލަތްތަކެއްކަން ބުނެދީފައި ނުވާއިރު، ވަކިހާލަތަކަށް އަންނަ ބަދަލާއި ގުޅިގެން ޕޮއިންޓް ދިނުމަކީ އެކަމުގެ ސަބަބުން ވަކިބަޔަކަށް ނުވަތަ ވަކިމީހަކަށް ނާޖާއިޛް މަންފާއެއް ލިބިދާނޭކަމެއްކަމަށް ފެންނާތީއާއި، އަދި މިމުއްދަތުގެ ތެރޭގައި، ފޯމްހުށަހަޅާފައިވާ ފަރާތްތަކުގެ އުފަންދަރިންގެ ބައިން ފިޔަވައި އެހެން ހާލަތްތަކަށްވެސް ބަދަލުއަންނާނޭކަމަށް ބެލެވޭތީއެވެ. އަދި މިކަމަކީ ގިނަބައެއްގެ ޝަކުވާތަކެއްލިބި ޤާނޫނީގޮތުންވެސް މައްސަލައެއް ދީމާވެދާނޭ ކަމެއްކަމަށް ބެލެވޭތީއެވެ.

ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

18 ޖުލައި 2023