ދިވެހިރާއްޖެ
ލ. ގަމު މަތިމަރަދޫ އަވަށުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާކަށް ބޭނުންވާ ކުޅިވަރު ސާމާނު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:
ލ. ގަމު މަތިމަރަދޫ އަވަށުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާކަށް ބޭނުންވާ ކުޅިވަރު ސާމާނު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތީރީގައި މިދަންނަވާ ތާރީޚްގެ ކުރިން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވެ، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް، މި އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.
ތިރީގައިވާ ލިންކް މެދުވެރިކޮށް 25 ޖުލައި 2023 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރިވުމަށް ދަންނަވަމެވެ. ރަޖިސްޓްރީނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުލިބޭނެވާހަކަ ދަންނަވަމެވެ.
ރަޖިސްޓްރީވުމަށް ބޭނުންވާ ލިންކް: https://forms.gle/X2YGUKtg19dmghzD9
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވާ ތާރީޚް |
އަންދާސީ ހިސާބު ހުށަހެޅުން |
25 ޖުލައި 2023 (13:00) |
31 ޖުލައި 2023 (11:00) |
މިކަމާއިގުޅޭ މަޢުލޫމާތު ކަރުދާހާއި އަންދާސީ ހިސާބު ހުށަހެޅުމަށް ޖަދުވަލު ފޯމްތަކުގެ ކޮޕީ (ވޯޑް ފައިލް) މި އިޢުލާނާއިއެކު އެއްކަރުދާސްކުރެވިފައި ވާނެއެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރު 6801032 ، 7802813 އަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.