ދިވެހިރާއްޖެ
ބ.ދޮންފަނު ކައުންސިލްގެ އައު އޮފީސް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް، 18 ޖުލައި 2023 ވާ އަންގާރަ ދުވަހުން ފެށިގެން 30 ޖުލައި 2023 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 09 އޯގަސްޓް 2023 ވާ ބުދަ ދުވަހުގެ ހެނދުނު 11:00ގައި މި ކައުންސިލްގެ އިދާރާގައެވެ. މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 30 ޖުލައި 2023 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.