ދިވެހިރާއްޖެ
އިޢްލާން
ވަޒީފާގެ ފުރުޞަތު
މަޤާމުގެ ނަން: |
ލީގަލް އެސިސްޓެންޓް |
ބޭނުންވާ އަދަދު: |
1 (އެކެއް) |
ކްލެސިފިކޭޝަން: |
ސީނިއަރ އޮފިސަރ ގްރޭޑް 1 |
ރޭންކް: |
MS1 |
އޮފީސް: |
ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓް |
މަޤާމުގެ މުސާރަ: |
-/5610 (ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ) |
އެލަންވަސް/ޢިނާޔަތް: |
- ސަރވިސް އެލަވަންސް -/3000 ރުފިޔާ (ތިންހާސް ރުފިޔާ) - ލިވިންގ އެލަވަންސް -/2550 ރުފިޔާ (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ) - ޖުޑީޝަލް އެލަވަންސްގެގޮތުގައި މުސާރައިގެ %35 - އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެ. |
ޝަރުޠު: |
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް: |
1- ކޯޓަށް ހުށަހަޅާ މައްސަލަތައް ދިރާސާކުރުން. 2- މައްސަލަތައް ދިރާސާކުރަން ބޭނުންވާ މަޢުލޫމާތުތައް އެއްކުރުން. 3- މައްސަލަތަކާ ގުޅިގެން އިދާރީގޮތުން އޮފީސްތަކަށް ލިޔަންޖެހޭ ސިޓީތައް ލިޔުމާއި، މައްސަލަތަކާ ގުޅިގެން އެކި މަޢުލޫމާތުތައް ސާފުކުރުމަށް ޑިޕާޓްމަންޓުންނާއި އެކި އޮފީސްތަކުން ފޮނުވާ ސިޓީތަކަށް ޖަވާބު ތައްޔާރުކުރުން. 4- މައްސަލަތަކުގައި ކޯޓަށް ހާޒިރުވާ ފަރާތްތަކުން ޗުއްޓީ ހޯދަން އެދޭނަމަ، ހަމަޖެހިފައިވާ ޤަވާއިދުން ޗުއްޓީގެ ކަންތައް ހަމަޖެއްސުން. 5- މައްސަލަތަކުގެ ރިޕޯޓް ތައްޔާރުކުރުމާއި، މެޖިސްޓްރޭޓަށް އެހީތެރިވުން. 6- ޝަރީޢަތުގެ މަޖުލިހުގައި ނެގޭ ރިކޯޑިންގެ ބަޔާންތައް ދުވަހުން ދުވަހަށް ލިޔެ ތައްޔާރުކުރުން. 7- ޝަރީޢަތުގެ މަޖިލީހަށް މައްސަލައިގެ ފައިލް ވެއްދުމުގެ ކުރިން އެ މައްސަލައެއް ދެން ބައްލަވާނެ ދުވަހަކާއި ގަޑި ހޯދުން. 8- މީގެ އިތުރުން، ކޯޓުގެ އިސްމެޖިސްޓްރޭޓާއި ވެރިން އަންގާ، ކޯޓުގެ ކޮންމެ މަސައްކަތެއް ކުރުން. 9- ވަޒީފާގެ ވާޖިބުތައް، ކޯޓުހިންގުމާ ހަވާލުވެހުންނަ، އެންމެއިސް ފަނޑިޔާރެއްގެ މަޝްވަރާއާއެކު، ތެދުވެރިކަމާއި ފަރުވާތެރިކަމާއެކު އަދާކުރުން. |
ހުށަހަޅަންޖެހޭ ތަކެތި: |
-ޝަރްޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމް (ފޯމް ލިބެން ހުންނާނީ، މި ކޯޓުގެ ކައުންޓަރުން) - ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެއް ހުށަހަޅާނަމަ، ސެޓްފިކެޓާއެކު ޓްރާސްކްރިޕްޓް ހުށަހެޅުން) - އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ ތަޖުރިބާ ދަލީލުކޮށްދޭ ލިއުން ހުށަހަޅާނަމަ، މާޤާމުގައި ވީ ދުވަހާއި، މަޤާމުގެ ނަމާއި، ރޭންކާއި، އަދާކުރާ މަސްޢޫލިއްޔަތު އެނގޭނެ ރަސްމީ ލިއުމެއް. - ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު. - މުއްދަތު ހަމަނުވާ އައި. ޑީ. ކާޑުގެ ސާފު ކޮޕީ. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2015 ފެބުރުވަރީ 18 ވާ ބުދަދުވަހުގެ މެންދުރު 14:00 ގެ ކުރިން، މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު މި ކޯޓަށް ހުށަހެޅުން ނުވަތަ މި ކޯޓުގެ އީމެއިލަށް ([email protected]) މެއިލްކުރުން އެދެމެވެ. ޝަރުތު ހަމަނުވާ ފަރާތްތަކުގެ ފޯމް ބަލައެއް ނުގަނެވޭނެއެވެ. |
19 ރަބީއުލްއާޚިރު 1436