ބީލަން
ނަންބަރު: (IUL)272-ESMS/272/2023/63
ޕަބްލިޝްކުރި ތާރީޚް: 18 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 12:28
ސުންގަޑި: 08 އޮގަސްޓް 2023 13:00
މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.ނޫމަރާ ހުކުރު މިސްކިތު ފުރާޅުގައި ސޯލާ ހަރުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ށ.ނޫމަރާ ހުކުރު މިސްކިތު ފުރާޅުގައި ސޯލާ ހަރުކޮށްދޭނެ ފަރާތެއް ހޯދުން

ށ. ނޫމަރާ ށ. ނޫމަރާ ހުކުރު މިސްކިތު ފުރާޅުގައި ސޯލާ ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 18 ޖުލައި 2023 ން 24 ޖުލައި 2023 ގެ 14:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

މިޕްރޮޖެކްޓާއި ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 31 ޖުލައި 2023 ވާ ހޯމަ ދުވަހުގެ 13:00 ގައި ނޫމަރާ ކައުންސިލް އިދާރާގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ. 

މިމަސައްކަތާގުޅޭ މަޢުލޫމާތު ކަރުދާސް ބީލަމުގެ ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ. ބީލަމާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ އީމެއިލް ކުރައްވާނީ 30 ޖުލައި 2023 ވާ (އާދީއްތަ) ދުވަހުގެ 12:00 ގެ ކުރިން [email protected]  އީމެއިލް އެޑްރެހަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6540042 ނުވަތަ 9163162 ނަމްބަރާއެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 08 އޮގަސްޓް 2023 ވަނަ ދުވަހުގެ 13:00 ގައި ނޫމަރާ ކައުންސިލް އިދާރާގައެވެ.

މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

  • ޕްރޮކިއުމަންޓް ޔުނިޓް
  • ނޫމަރާ ކައުންސިލް އިދާރާ، ށ. ނޫމަރާ
  • ފޯން:  6540042
  • އީމެއިލް: [email protected]

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 ޖުލައި 2023