ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)287-AM/287/2023/39
ޕަބްލިޝްކުރި ތާރީޚް: 18 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 10:43
ސުންގަޑި: 24 ޖުލައި 2023 13:00
މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. މާޅެންދޫ ޕްރީސްކޫލް މަސައްކަތު ވަޒީފާއަށް މުވައްޒަފަކު ހޯދުން

އިޢުލާނު

 

 

ވަޒީފާގެ ފުރުޞަތު

ޕްރީސުކޫލް މަސައްކަތު

 

މަޤާމު:

ޕްރީ ސްކޫލް މަސައްކަތު

ބޭނުންވާ އަދަދު:

01  (ދޭއް)

މުސާރަ:

މަސައްކަތްކުރާ ގަޑިއިރަކަށް 33.65 ރުފިޔާ

މަޤާމުގެ ގިންތި

ވަގުތީ

ވަޒީފާގެ ބާވަތް

ވަގުތީ ( ވޭޖު އެމްޕުލޮަިމަންޓް އުސޫލުން ) – 1 އަހަރަށް

މަސައްކަތް ކުރަންޖެހޭ ދުވަހާއި ގަޑީގެ ޢަދަދު

ނ. މާޅެންދޫ ކައުންސިލް ޕްރީސުކޫލް ހިންގުމަށް ކައުންސިލުން ކަނޑައަޅާ އުސޫލާއި އެއްގޮތްވާ ގޮތުގެ މަތިން

މަސައްކަތްކުރަންޖެހޭތަން

ނ. މާޅެންދޫ ޕްރީސުކޫލް ހިންގާ އިމާރާތް

ފެނަވަރު ނުވަތަ ޝަރުތު

1-      އަސާސީ ތަޢުލީމީ ފެންވަރު

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކުލާސްރޫމާއި ކުލާސްރޫމް ތެރޭގައިވާ އެންމެހައި ތަކެތި ފޮޅާ ސާފުކޮށް މޮޕްލާ ބެލެހެއްޓުން .  
  2. ޓީޗަރުންނަށް ދިމާވާ ކަންތައްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން
  3. ޓީޗަރުން ސުކޫލަށް ހާޒިރު ނުވެވޭ ދުވަހަކު ޓީޗަރު އެދިއްޖެ ހިދެއްގައި ކުލާހުގައި އެހީތެރިކަން ފޯރުކޮށްދިނުން
  4. ޕުރީސުކޫލުގައި ހިންގާ އިތުރު ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން
  5. މީގެ އިތުރުން މަސައްކަތުގެ ދާއިރާއާއިގުޅޭ ގޮތުން ކައުންސިލުން އެދިއްޖެ ކޮންމެ ކަމެއްގައި އެހީތެރިކަން ފޯރުކޮށްދިނުން .

މަސައްކަތުގެ މާހައުލު:

 

(ހ) މަސައްކަތް ކުރަންޖެހޭ މާހައުލަކީ ދިވެހިރާއްޖޭގެ އާންމު މަސައްކަތު މާހައުލެވެ.

(ށ) މަސައްކަތްކުރަންޖެހޭ މާޙައުލަކީ ދަރިވަރުން ތަމްރީންކުރުމާއި އުނގަންނައިދިނުމަށް ޚާއްސަކުރެވިފައިވާ މާޙައުލެކެވެ.

(ނ) މަސައްކަތަކުގެ މާހައުލަކީ ޢާންމުންނާއި ކުޑަކުދިން އަދި އެނޫންވެސް މީހުން ގިނަ ތަންތަންކަމުގައިވާނެތީ، ރިވެތި ބަހުން މުޢާމަލާތްކުރުމާއި، އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު އަދަބު އިޙްތިރާމް އަދާކުރުމަށް ޚާއްޞަ އިސްކަމެއް ދޭންޖެހޭނެއެވެ.

 

ހުށައަޅަންޖެހޭ ލިޔުންތައް

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް . (ފޯމް މިކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.)

2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޙިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢުތިރާޒެއް ނެތްކަމަށް، އެމުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

 3. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4.  ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުއް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް (މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ).

5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ ( ގުޅޭނެ ނަންބަރާއެކު ) (ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު
  2. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

(ހ) މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 24 ޖުލައި 2023 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.   (ނ) އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

ހ. މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު މުއްދަތު ހަމަވާ ދުވަހުން ފެށިގެން ރަސްމީ 5 ދުވަހުގެ ތެރޭގައި އޮންނާނެއެވެ. އިންޓަވިއުއަށް ހާޒިރުވާންޖެހޭ ގަޑިއާއި ތަން ފަހުން އެންގޭނެ ކަމުގައި ދަންނަވަމެވެ.

ށ. އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާއިގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލް އިދާރާގެ 6560026 ނަމްބަރ ފޯނާއެވެ.

18 ޖުލައި 2023