ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)287-AM/287/2023/37
ޕަބްލިޝްކުރި ތާރީޚް: 18 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 10:37
ސުންގަޑި: 24 ޖުލައި 2023 13:00
މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. މާޅެންދޫ ޕްރީސްކޫލަށް، ޕްރީސްކޫލް ޓީޗަރުން ހޯދުން

އިޢުލާނު

ވަޒީފާގެ ފުރުޞަތު

ޕްރީސުކޫލް ޓީޗަރ

 

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ނަންބަރު (2010/07) ގެ 24 ވަނަ މާއްދާގެ (ކ) ގެ ދަށުން ރަށުކައުންސިލަށް ލިބިދޭ ބާރާއި އިޚްތިޔާރުގެ ދަށުން މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލްގެ އިދާރާއިން ހިންގާ ޕްރީސްކޫލުގައި ކިޔަވައިދޭނެ ޕްރީސްކޫލް ޓީޗަރުން ހޯދަންބޭނުންވެއްޖެއެވެ.

 

މަޤާމު:

ޕްރީ ސްކޫލް ޓީޗަރ

ބޭނުންވާ އަދަދު:

02  (ދޭއް)

މުސާރަ:

މަސައްކަތްކުރާ ގަޑިއިރަކަށް 33.65 ރުފިޔާ

މަޤާމުގެ ގިންތި

ވަގުތީ

ވަޒީފާގެ ބާވަތް

ވަގުތީ ( ވޭޖު އެމްޕުލޮަިމަންޓް އުސޫލުން ) – 1 އަހަރަށް

މަސައްކަތް ކުރަންޖެހޭ ދުވަހާއި ގަޑީގެ ޢަދަދު

ނ. މާޅެންދޫ ކައުންސިލް ޕްރީސުކޫލް ހިންގުމަށް ކައުންސިލުން ކަނޑައަޅާ އުސޫލާއި އެއްގޮތްވާ ގޮތުގެ މަތިން

މަސައްކަތްކުރަންޖެހޭތަން

ނ. މާޅެންދޫ ޕްރީސުކޫލް ހިންގާ އިމާރާތް

ފެނަވަރު ނުވަތަ ޝަރުތު

1-      ޕުރީސުކޫލް ޓީޗިންގެ ދާއިރާއިން ސެޓްފިކެޓް ލެވެލް 2 ގެ ސަނަދެއް ހާސިލްކޮށްފައިވުން

ނުވަތަ

2-      ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުން

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޤައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާސިލްވާގޮތަށް ކުލާހުގަޔާއި ކުލާހުން ބޭރުގައި ކިޔަވައިދިނުމާއި ކިޔަވައިދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.
  2. ދަރިވަރުންނަށް ހާސިލްވަމުންދާ މިންވަރު ޗެކުކުރުމާއި، ރިކޯޑްކުރުމާއި އެ މަޢުލޫމާތުތައް ހިއްސާކުރަންޖެހޭ ފަރާތްތަކާއި ހިއްސާކުރުން
  3. ދަރިވަރުންގެ މަސައްކަތްތައް ރެގިއުލަރކޮށް ޗެކުކުރުމާއި ބިނާކުރަނިވި ފީޑްބެކް ދިނުން
  4. ކިޔަވައިދިނުމާއި ގުޅޭގޮތުން ސްޕަވައިޒަރާއި ހަވާލުކުރަންޖެހޭ އެންމެހައި ތަކެތި (ސްކީމްއޮފް ވަރކް، މާކްސް ޝީޓް ފަދަ) ހަމަޖެހިފައިވާ އުޞޫލާއި އެއްގޮތަށް ހަވާލުކުރުން
  5. އިސްލާމްދީނާއި ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާއި ސްކޫލު ކުދިންގެ ގަވާއިދުތަކާއި ސްކޫލުގެ ގަވާއިދުތަކަށް ދަރިވަރުން އަހުލުވެރިކުރުމާއި ރީތި އާދަތައް ދަރިވަރުންގެ ކިބައިގައި ހަރުލެއްވުމަށް މަސައްކަތްކުރުން
  6. ޙަވާލުކުރެވޭ ޓައިމްޓޭބަލްގައިވާ ގަޑިއަށް ހާޒިރުވެ ދަރިވަރުންނަށް ފައިދާހުރި ގޮތަކަށް ފިލާވަޅު ކުރިއަށް ގެންދިއުން
  7. ޙަވާލުކުރެވިފައިވާ ކްލާސް ކޯޑިނޭޓްކޮށް ބެލެހެއްޓުން
  8. ދަރިވަރުންގެ ފެންވަރު ރަނގަޅުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ލަސްނުކޮށް ކުރުން
  9. ދަރިވަރުންގެ ތަޢުލީމާއި ތަރުބިއްޔަތާއި ގުޅޭގޮތުން ބެލެނިވެރިންނާއި (ރެގިއުލަރކޮށް) މަޢުލޫމާތު ހިއްސާކުރުން
  10. ފިލާވަޅުތަކާއި ގުޅޭގޮތުން ކްލާސް ރޫމުގައި ޑިސްޕްލޭކުރުން
  11. ޕްރީސްކޫލުން އިންތިޒާމުކުރާ ހުރިހާ ބައްދަލުވުންތަކަށް ގަޑިއަށް ހާޒިރުވުން
  12. ޕްރީސްކޫލުން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި ސްކޫލުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން
  13. ޕްރީސްކޫލަކީ އެކުވެރި އެއްބައިވަންތަ ބައެއް އުޅޭ އުފާވެރި މާހައުލަކަށް ހެދުމަށް މަސައްކަތްކުރުން
  14. ޕްރީސްކޫލުގެ ހުރިހާ ވަސީލަތްތައް ދަރިވަރުންނަށް އެންމެ ފައިދާހުރި ގޮތަކަށް ބޭނުންކުރުން
  15. ޕްރީސްކޫލުން ހަވާލުކުރެވޭ ޒިންމާތަކާއި ގުޅިގެން ޖަވާބުދާރީވުމާއި ޒިންމާދާރުވުން
  16. ޕްރީސްކޫލަކީ ސާފުތާހިރު ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ދަރިވަރުން ލައްވާ މަސައްކަތް ކުރުވުން
  17. ދަރިވަރުންނަށް ހިންގޭ އެހެނިހެން ހުރިހާ ހަރަކާތެއްގައި ފުރިހަމައަށް ބައިވެރިވެ އެއްބާރުލުންދީ އެހީތެރިވުން
  18. ދަރިވަރުންނާއި، ބެލެނިވެރިންނާއި، ސްޓާފުން އަދި ޕްރީސްކޫލުގެ ސިއްރުތައް ހިފެހެއްޓުން
  19. އޮފީހުގެ މަސައްކަތާއި ގުޅިގެން އެ މުވައްޒަފަކާއި ޙަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން

 

މަސައްކަތުގެ މާހައުލު:

 

(ހ) މަސައްކަތް ކުރަންޖެހޭ މާހައުލަކީ ދިވެހިރާއްޖޭގެ އާންމު މަސައްކަތު މާހައުލެވެ.

(ށ) މަސައްކަތްކުރަންޖެހޭ މާޙައުލަކީ ދަރިވަރުން ތަމްރީންކުރުމާއި އުނގަންނައިދިނުމަށް ޚާއްސަކުރެވިފައިވާ މާޙައުލެކެވެ.

(ނ) މަސައްކަތަކުގެ މާހައުލަކީ ޢާންމުންނާއި ކުޑަކުދިން އަދި އެނޫންވެސް މީހުން ގިނަ ތަންތަންކަމުގައިވާނެތީ، ރިވެތި ބަހުން މުޢާމަލާތްކުރުމާއި، އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު އަދަބު އިޙްތިރާމް އަދާކުރުމަށް ޚާއްޞަ އިސްކަމެއް ދޭންޖެހޭނެއެވެ.

 

ހުށައަޅަންޖެހޭ ލިޔުންތައް

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް . (ފޯމް މިކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.)

2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޙިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢުތިރާޒެއް ނެތްކަމަށް، އެމުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

 3. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4.  ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުއް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް (މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ).

5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ ( ގުޅޭނެ ނަންބަރާއެކު ) (ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު
  2. އިމްތިޙާން "ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިޙާން"
  3. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު

4. މަސައްކަތުގެ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި ސިފަތައް

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

(ހ) މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 24 ޖުލައި 2023 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.   (ނ) އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

ހ. މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު މުއްދަތު ހަމަވާ ދުވަހުން ފެށިގެން ރަސްމީ 5 ދުވަހުގެ ތެރޭގައި އޮންނާނެއެވެ. އިންޓަވިއުއަށް ހާޒިރުވާންޖެހޭ ގަޑިއާއި ތަން ފަހުން އެންގޭނެ ކަމުގައި ދަންނަވަމެވެ.

ށ. އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާއިގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލް އިދާރާގެ 6560026 ނަމްބަރ ފޯނާއެވެ.

18 ޖުލައި 2023