ދިވެހިރާއްޖެ
އަބޫބަކުރު ސްކޫލްގެ ލައިބްރާރީގައި ޖަހާފައިވާ ތަށިމުށިތައް ނައްޓައި އަލުން ތަށިމުށި ޖެހުން
މަސައްކަތް |
މި ބީލަމަކީ އަބޫބަކުރު ސްކޫލްގެ ލައިބްރާރީގައި ޖަހާފައިވާ މުށިތައް ނެއްޓުމާއި އަލުން ތަށިމުށި ޖެހުމަށް ހުޅުވާލެވިފައިވާ ބީލަމެކެވެ. މިމަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. |
ރަޖިސްޓްރީ ކުރުމާއި މަޢުލޫމާތު ސާފުކުރުން |
25 ޖުލައި 2023 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މި ސްކޫލުގެ އީ.މެއިލް [email protected] މެދުވެރިކޮށް ރެޖިސްޓަރ ކުރެއްވުމާއެކު ހަމަ މި މެއިލްއަށް ސުވާލު ފޮނުއްވައިގެން ނުވަތަ މި އިދާރާގެ ފޯން: 6842095 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފު ކުރެއްވުން އެދެމެވެ. |
އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ސުންގަޑި |
އަންދާސީ ހިސާބު ހުށަހެޅުއްވުމަށް 30 ޖުލައި 2023 ވާ އާދީއްތަ ދުވަހުގެ 12:00 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 12:00 ގެ ފަހުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެ ފުރުޞަތު ނުދެވޭނެއެވެ. |
ޝައުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު އެޓޭޗު ކޮށްފައިވާ މަޢުލޫމާތު ޝީޓާ އެއްގޮތަށް، ޕޮރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
ދީފައިވާ މަޢުލޫމާތުގައިވާ ގޮތަށް ޝަރުތު ހަމަވާ، 1 ފަރާތުން ޕްރޮޕޯސަލް ހުށަހެޅި ނަމަވެސް އެ ޕްރޮޕޯސަލަކީ އެކަށީގެންވާ ޕްރޮޕޯސަލެއްކަމަށް މި ސްކޫލުގެ ބިޑް ކޮމެޓީން ނިންމައިފިނަމަ އެ ޕްރޮޕޯސަލް ހުށަހެޅުއްވި ފަރާތާއެކު މި މަސައްކަތް ކުރިއަށްގެންދެވޭނެއެވެ.