ޢާންމު މަޢުލޫމާތު
ނަންބަރު: GS-85/IUL/2023/08
ޕަބްލިޝްކުރި ތާރީޚް: 16 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 15:02
ސުންގަޑި: 25 ޖުލައި 2023 13:00
މަދްރަސަތުއްޞަބާޙް
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނިފޯރމް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުަމަށް

އިޢުލާން

އެކްޓިވިޓީ ޔުނީފޯރމް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

     މި ސްކޫލުގެ ނަންބަރ:  GS-85/IUL/23/06 އެކްޓިވިޓީ ޔުނިފޯމު ތައްޔާރުކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައި ނުވާތީ، އެ އިޢުލާން ބާޠިލްކޮށް، ވިޔަފާރީގެ އުސޫލުން މި ސްކޫލްގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯރމް ސްކޫލުން ކަނޑައަޅާ މިންގަނޑުތަކާއި އެއްގޮތަށް ކުރިއަށް އޮތް  ދެއަހަރު ދުވަހުގެ މުއްދަތަށް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

     ވީމާ، މި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މި ދަންނަވާގޮތަށް އަމަލުކުރުމަށް ދަންނަވަމެވެ.

     ބީލަމުގައި ބައިވެރިވެވޭނީ، ޤާނޫނު ނަންބަރު:2014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، ޤާނުނު ނަންބަރު:2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށެވެ.

     ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ސްކޫލަށް ވަޑައިގެން ނުވަތަ ގުޅުއްވައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ވެސް ނަންނޯޓު ކުރެވޭނެއެވެ. ނަންނޯޓް ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ 16 ޖުލައި 2023 އިން 25 ޖުލައި 2023  އަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:00 އިން 13:00 އަށެވެ.  ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ. 

     ބީލަމާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 25 ޖުލައި 2023 ވާ އަންގާރަ ދުވަހުގެ 13:30 ގައި މި ސްކޫލްގެ ކޮމްޕިއުޓަރ ލެބްގައެވެ. މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށްވެސް ބީލަންހުށައެޅުމުގެ ފުރުސަތު އޮތް ވާހަކަ ދަންނަވަމެވެ.

      ބިޑް ހުށައެޅުމާއި ބިޑް ހުޅުވުން އޮންނާނީ 01  އޮގަސްޓް 2023  ވާ އަންގާރަ  ދުވަހުގެ 10:00 ގައި މިސްކޫލްގެ ކޮމްޕިއުޓަރ ލެބްގައެވެ.   ބިޑް ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

      މި ޕްރޮޖެކްޓާއި ގުޅޭ ބީލަން ފޮތް މި އިޢުލާނާއިއެކު އެޓޭޗް ކުރެވިފައި ވާނެއެވެ. 

މި އިޢުލާނާއި ގުޅިގެން އިތުރުމަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފިއްލަދޫ ސްކޫލް/ ހއ. ފިއްލަދޫ . އީމެއިލް :  [email protected]  . ފޯން :6500536          

                          26 ޛުލްޙިއްޖާ 1444   

                         16  ޖުލައި   2023   

16 ޖުލައި 2023