ދިވެހިރާއްޖެ
ބާރަށު ސްކޫލް ގޭޓު ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް
މިސްކޫލުންދޭ ކުރެހުމާއި އެއްގޮތަށް އަމިއްލަތަކެތީގައި ސްކޫލްގެ ހުޅަނގުފަރާތު ގޭޓު ހެދުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތަށް ނަންނޯޓުކުރުމާއި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
ނަންނޯޓު ކުރެއްވުން |
ބީލަން ހުށައެޅުމަށް ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓު މެދުވެރިކޮށް 2023 ޖުލައި 17 ވީ ހޯމަ ދުވަހުންފެށިގެން 2023 ޖުލައި 26 ވާ ބުދަ ދުވަހުގެ ނިޔަލަށް ރެޖިސްޓްރީ ކުރުމަށްފަހު އީމެއިލް މެދުވެރިކޮށް ނުވަތަ ސްކޫލް އޮފީހަށް ޝީޓު ހުށައެޅުއްވުން އެދެމެވެ. |
އަންދާސީ ހިސާބު ހުށައެޅުއްވުން |
އަންދާސީ ހިސާބު ހުށައަޅުއްވާނީ 2023 އޯގަސްޓް 02 ވާ ބުދަ ދުވަހުގެ 14:00 އަށް ބާރަށު ސްކޫލް އޮފީހަށެވެ. މިމަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީ އުރައިގެ ބޭރުގައި "ބާރަށު ސްކޫލުގެ ހުޅަނގުފަރާތު ގޭޓު ހެދުމުގެ މަސައްކަތް " މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ބިޑު ހުށައަޅާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ފޯން ނަންބަރު ސިޓީއުރައިގެ ބޭރުގައި އޮންނަންވާނެއެވެ. |
މި އިއުލާނާއި ގުޅިގެން ފުރިހަމަ ކުރަންޖެހޭ އެންމެހާ ލިޔެކިޔުންތަކާއި މަޢުލޫމާތު ޝީޓު ގެޒެޓުގައި އެޓޭޗްކުރެވިފައިވާނެއެވެ. އަދި ދަންނަވަމެވެ. މި މަސައްކަތުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. އިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6500527 ގުޅުއްވުންއެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.