ދިވެހިރާއްޖެ
ކ. ކަނޑުއޮތްގިރީގައި ހުރި އައިސްޕްލާންޓް އިމާރާތުގެ ފުރާޅު ބަދަލުކުރުމުގެ މަސައްކަތްތައް ކުރުން
ކ. ކަނޑުއޮތްގިރީގައި ހުރި އައިސްޕްލާންޓް އިމާރާތުގެ ފުރާޅުގެ ފްރޭމްއަލުން ހަދާ ޓިނު ބަދަލުކުރުމުގެ މަސައްކަތްތައް ކުރުމަށް، ބޭނުންވާ މައިގަނޑު ތަކެތި ދިނުމުން، މަސައްކަތް ކުރާ ފަރާތުގެ އަމިއްލަ ސާމާނުގައި މަސައްކަތް ކުރުމަށް އަގު ހުށަހެޅުމަށް ހުޅުވާލެވޭ ފުރުޞަތެކެވެ.
މި މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެއެވެ.
| ބިޑް ކުރިއަށްދާނެގޮތުގެ ތަފްޞީލް | ތާރީޙް | ވަގުތު | |
| މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން (އޮންލައިންކޮށް) | އީމެއިލް މެދުވެރިކޮށް [email protected] | 23 ޖުލައި 2023 | ހެނދުނު 11:00 ގެ ކުރިން | 
| މަޢުލޫމާތު ދިނުމުގެ ސެޝަން | ކަނޑުއޮތްގިރީގައި | 24 ޖުލައި 2023 | ދަތުރުގެ ތަފްޞީލް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް އަންގާނެ | 
| ބީލަން ހުށަހެޅުން | އީމެއިލް މެދުވެރިކޮށް | 01 އޮގަސްޓް 2023 | މެންދުރު 01:00ގެ ކުރިން | 
| ބީލަން ހުޅުވުން | މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް | 01 އޮގަސްޓް 2023 | 
 މެންދުރުފަހު 02:00 ޖަހާއިރު 
 | 
މި ބީލަމުގައި ބައިވެރިވެވޭނީ މަޢުލޫމާތު ސެޝަނުގައި ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައާއި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރެއްވުމަށްފަހު އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.
- އިޢުލާން ނަންބަރު
- ކުންފުނި / ވިޔަފާރީގެ ނަން
- ގުޅޭނެ ފަރާތެއްގެ ނަމާއި ފޯނު ނަންބަރު
- އީމެއިލް އެޑްރެސް
ނޯޓް: ބިޑަށް އަންދާސީ ހިސާބު ހުށައަޅުއްވަން ވާނީ ހަމައެކަނި [email protected] އީމެއިލް އަށެވެ. މިނޫން އީމެއިލް އަކަށް އެޑްރެސްކުރާ ނުވަތަ ސީސީ ކޮށްފައިވާ އަންދާސީ ހިސާބު ބަލައިނުގަތުމުގެ އިހުތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ. އަދި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބާތިލްވާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.