ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)389/389/2023/25
ޕަބްލިޝްކުރި ތާރީޚް: 17 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 14:26
ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުމުގެ ދަޢުވަތު
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޖުލައި މަހު ބާއްވާ ރައްޔިތުންގެ ބައްދަލުވުން މި ހިނގާ ޖުލައި މަހުގެ 30 ވާ އާދިއްތަ ދުވަހުގެ ރޭ 20:45 ގައި ހިރިލަންދޫ ސްކޫލްގެ ހޯލުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ބައްދަލުވުމުގެ އެޖެންޑާ:
- 2024 ވަނަ އަހަރުގެ މަސައްކަތުގެ ތާވަލު ހިއްސާކުރުން
- 2024 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ޙިއްސާކުރުން
ވީމާ، މި ބައްދަލުވުމުގައި ދެޖިންސުގެ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެލެއްވުމަކީ މިކައުންސިލުގެ ވަރަށް ބޮޑު އެދުމެއްކަމުގައި ދެންނެވީމެވެ.
17 ޖުލައި 2023