ދިވެހިރާއްޖެ
މިއިދާރާއިން ޅ. ކުރެންދޫ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގައި ޤާއިމްކޮށްފައިވާ އެކޮމޮޑޭޝަން ޔުނިޓް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރު: (IUL)328-ED/328/2023/57 (26 ޖޫން 2023) އިޢުލާނާއި ގުޅިގެން އެއްވެސްފަރާތަކުން އަންދަސީ ހިސާބު ހުށަހަޅުއްވާފައި ނުވާތީ، އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ. ވީމާ އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފްކުރެއްވުމަށް ފަހު މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 25 ޖުލައި 2023ވާ އަންގާރަ ދުވަހުގެ 11:00ގެ ކުރިން މިއިދާރާއަށް ވަޑައިގެން، ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މެއިލް މެދުވެރިކޮށް ފޮނުވާނީ [email protected] އަށެވެ.
ރަޖިސްޓްރީ ކުރަން ފޮނުވާ މެއިލްގައި ހިމަނަން ޖެހޭ މަޢުލޫމާތު:
1- އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)
2- ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ނަން
3- ގުޅޭނެ ފޯނު ނަންބަރު
4- އީމެއިލް އެޑްރެސް
5- މެއިލް ފޮނުވާފަރާތުގެ ނަމާއި ޙައިސިއްޔަތު
ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ރަޖިސްޓްރީގެ ސާފު ފޮޓޯކޮޕީއަކާއި ޕްރީބިޑް މީޓިންގގައި ބައިވެރިވެލައްވާ ފަރާތުގެ އައިޑެންޓިޓީ ކާޑްގެ ސާފް ފޮޓޯކޮޕީއެއް މެއިލްއާއިއެކު އެޓޭޗް ކުރަންވާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 10 އޮގަސްޓް 2023ވާ ބުރާސްފަތި ދުވަހުގެ 13:00ގައި މިއިދާރާގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާއަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ސަރުކާރު ބަންދު ނޫން ދަވަސްތަކުގެ ރަސްމީގަޑީގައި 6620001 ނަމްބަރު ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.