ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)MAI-109/MAI/2023/49
ޕަބްލިޝްކުރި ތާރީޚް: 17 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 11:39
ސުންގަޑި: 24 ޖުލައި 2023 13:00
އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ
ދިވެހިރާއްޖެ
ސާވަރއެއް ގަތުމަށް ބޭނުންވެއްޖެ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މި މަދަރުސާއަށް ސާވަރއެއް ގަންނަން ބޭނުންވެގެން ކުރެވުނު ނަންބަރު:  (IUL)MAI-109/MAI/2023/16 (05 އޭޕްރީލް 2023) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅަން ހާޒިރުވީ ދެ ފަރާތުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މަދަރުސާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިފައިގެން މި މަދަރުސާއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

1. މި މަދަރުސާގެ ސާވަރ ރޫމަށް ސާވަރއެއް ބޭނުންވެއެވެ. މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ. ބީލަންފޮތް މި އިޢުލާނާއެކު ހިމެނިފައިވާނެއެވެ.

2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2023 ޖުލައި 17 އިން 2023 ޖުލައި 24 އަށް ބަންދުނޫން ދުވަސްތަކުގެ 9:00 އިން 13:00 އަށް މިސްކޫލުގެ ރިސެޕްޝަނަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. 

3. މި ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ޖުލައި 25 ވަނަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2023 ޖުލައި 26 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ މީޓިންގ ރޫމްގައެވެ.

5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ

[email protected]

މެދުޒިޔާރަތްމަގު، މާލެ، ދިވެހިރާއްޖެ.

ފޯން:  3016642

17 ޖުލައި 2023