ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)201-A/1/2023/15
ޕަބްލިޝްކުރި ތާރީޚް: 17 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 11:20
ސުންގަޑި: 30 ޖުލައި 2023 15:00
މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ޕްރޮކިއުމަންޓް އޮފިސަރ

މަޤާމް:

ޕްރޮކިއުމަންޓް އޮފިސަރ

ބޭނުންވާ އަދަދު:

01

ސެކްޝަން:

އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ސެކްޝަން

އަސާސީ މުސާރަ:

6,950.00 ރ

ސާވިސް އެލަވަންސް:

2,500.00 ރ

ނޮންޕްރެކްޓިސިންގ އެލަވަންސް:

3,127.50 ރ

ޖޮބް ސްޕެސިފިކް އެލަވަންސް:

1,500.00 ރ

ވަޒީފާ އަދާކުރަންޖެހޭތަން:

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، ކ.މާލެ

ފެންވަރު ނުވަތަ ޝަރުތު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮގަކުން (އެކައުންޓިންގ، ފައިނޭންސް، ޕްރޮކިއުމަންޓް، ބިޒްނަސް، ޕަބްލިކް އެޑްމިނިސްޓްރޭޝަން) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮގަކުން (އެކައުންޓިންގ، ފައިނޭންސް، ޕްރޮކިއުމަންޓް، ބިޒްނަސް، ޕަބްލިކް އެޑްމިނިސްޓްރޭޝަން) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮގަކުން (އެކައުންޓިންގ، ފައިނޭންސް، ޕްރޮކިއުމަންޓް، ބިޒްނަސް، ޕަބްލިކް އެޑްމިނިސްޓްރޭޝަން) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  1. ސިވިލް އޭވިއޭޝަންގެ ޤާނޫނާއި ސިވިލް އޭވިއޭޝަންގެ ޤަވާއިދުތަކާއި އެސް އޯ ޕީ ތަކުގައިވާ ގޮތުގެ މަތީން ޕްރޮކިއުމަންޓް އޮފިސަރގެ މަސްޢޫލިއްޔަތުތަކާއި ޒިންމާތައް އަދާ ކުރަމުން ގެންދިއުން
  2. ޢާންމު މަޞްލަޙަތާއި ޕްރޮކިޔުމަންޓްގެ މަޤުޞަދާ އެއްގޮތަށް، އަދި ޕްރޮކިޔުމަންޓްގެ ކަންތައްތައް ރާވާފައިވާ އުޞޫލުތަކާއި، ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މަސައްކަތްކުރުން
  3. ބީލަމުގައި ބައިވެރިވާ ފަރާތްތަކަށް (ބީލަންވެރިންނަށް) ވާދަވެރިކަމާއެކު ބައިވެރިވެވޭނެ ހަމަހަމަ ފުރުޞަތު ހޯދައިދިނުމާއި، ވަކިފަރާތަކަށް ނުޖެހި މަސައްކަތްކުރުން
  4. ޕްރޮކިޔުމަންޓް ކަންތައްތަކާއި، ޕްރޮކިޔުމަންޓާ ގުޅުންހުރި ކަންތައްތަކާބެހޭގޮތުން، ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމާއި، ގަވާއިދުގައިވާ ގޮތުގެމަތިން މަޢުލޫމާތު ދޭންޖެހޭ ފަރާތްތަކަށް މަޢުލޫމާތު ދިނުން
  5. ޕްރޮކިޔުމަންޓްގެ ކަންތައްތައް ހިނގާގޮތާއި، ހިންގުމުގެ ފެންވަރު ބަލައި، ގެންނަން ފެންނަ އިސްލާޙުތައް މާލީޒިންމާދާރުވެރިޔާއަށް ހުށަހެޅުން
  6. ޕްރޮކިޔުމަންޓާބެހޭ އެންމެހައި މަޢުލޫމާތު ރައްކާކޮށް ބެލެހެއްޓުމާއި، ގަވާއިދުގައިވާ ގޮތުގެމަތިން އެމަޢުލޫމާތު ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން
  7. އޮތޯރިޓީއަށް ބޭނުންވާ މުދާގަތުމާއި، ޚިދުމަތް ހޯދުމާއި، މަސައްކަތް ކުރުވާނެ ފަރާތްތައް، މިގަވާއިދުގައިވާ ގޮތުގެމަތިން ހޯދުމާއި، ޕްރޮކިޔުމަންޓާބެހޭ އެންމެހައި ކަންތައްތައް ކުރުމާއި، ހިންގުމާއި، ބެލެހެއްޓުން
  8. ޕްރޮކިޔުމަންޓްގައި ބައިވެރިވާ ފަރާތްތަކުގެ (ބީލަންވެރިންގެ) މައުލޫމާތާއި، އެފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކުރުމާއި، ސިއްރު ހިފެހެއްޓުން
  9. ކަރަޕްޝަނާއި، މަޤާމު ބޭނުންކޮށްގެން ތިމާއަށް ނުވަތަ ވަކިފަރާތަކަށް ނުވަތަ ވަކިބަޔަކަށް މަންފާއެއް ލިބޭފަދަގޮތަކަށް އެއްވެސް މަސައްކަތެއް ނުކުރުން. އަދި އަމިއްލަ މަޞްލަޙަތާއި ގުޅުންހުރި ކަންތައްތަކުން ދުރުހެލިވުން
  10. ބީލަމަށް ހުށަހަޅާ ޕްރޮކިޔުމަންޓްގެ ކަންތައްތަކާގުޅިގެން، ތައްޔާރުކުރަންޖެހޭ އެންމެހައި ލިޔެކިޔުންތައް، މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން ތައްޔާރުކުރުމާއި، ޝާއިޢު ކުރުމާއި، އިވެލުއޭޝަނާއި، ކޮމިޓީ މަރުހަލާގެ ނިންމުންތައް ނިމުމުން އެޕްރޮކިޔުމަންޓަކާގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމާއި، ގަވާއިދުގައިވާ ގޮތުގެ މަތިން އެކަންތައްތައް ހިންގާ ބެލެހެއްޓުން
  11. މިއޮތޯރިޓީން ނީލަންކިއުމަށް ހުންނަ މުދާ ނުވަތަ ނައްތާލުމަށް ހުންނަ މުދާ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ކުރުން
  12. އޮފީސް އިމާރާތުގެ މަރާމާތް ކުރަންޖެހޭ ހާލަތްތަކުގައި އެކަންކަން ކުރުމުގެ އިންތިޒާމްތައް ހަމަޖައްސައި އެކަން ވިލަރެސްކުރުން
  13. އޮތޯރިޓީގެ ފެނާއި، ކަރަންޓް ވިއުގަ، އެއަރކޯން އަދި މަސައްކަތުގައި ބޭނުންކުރާ މެޝިން ފަދަ ތަކެތި މަރާމާތުކުރަންޖެހޭފަދަ ހާލަތްތަކުގައި  އެކަންކަން ކުރުމުގެ އެންމެހާ އިންތިޒާމްތައް ހަމަޖައްސައި އެކަން ވިލަރެސްކުރުން

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން:

30 ޖުލައި 2023 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އީމެއިލް: [email protected] އަށް

ހުށަހަޅަންޖެހޭ ލިޔުން:

  1. ވަޒީފާއަށް އެދޭ ފޯމް (އޮތޯރިޓީގެ ވެބްސައިޓުން (https://www.caa.gov.mv/forms) ލިބެން ހުންނާނެ)
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
  3. ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ (އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ އަސްލު)

އިންޓަރވިއު ކުރުން:

އިންޓަރވިއު އަށް ހާޒިރުކުރެވޭނީ ފޯމު ހުށަހަޅުއްވާ އަދި ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ކަމަށް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ނޯޓް:

  1. އެޕްލިކޭޝަން މި އޮތޯރިޓީއަށް ލިބުނުކަން އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތަށް އެންގޭނެއެވެ.
  2. ވަޒީފާއަށް އެދި ހުށަހަޅުއްވާ ހުރިހާ ލިޔުމެއްވެސް ހުންނަންވާނީ PDF ފޯމެޓުގައެވެ.
17 ޖުލައި 2023