ޢާންމު މަޢުލޫމާތު
ނަންބަރު: (A)CA-2015/21
ޕަބްލިޝްކުރި ތާރީޚް: 04 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 17:25
ސުންގަޑި: 01 ޖަނަވަރީ 1970 05:00
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ނ. މިލަދޫ ކައުންސިލްގެ ބައި-އިލެކްޝަން

އިޢުލާން

ނ. މިލަދޫ ކައުންސިލްގެ ބައި-އިލެކްޝަން

ނ. މިލަދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށްޓަކައި، 2015 މާރިޗު 7 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސާފައިވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުޞަތު، 2015 ޖަނަވަރީ 19 ވީ ހޯމަ ދުވަހުގެ ހެނދުނު 8:00 ން ފެށިގެން 2015 ފެބްރުވަރީ 1 ވީ އާދީއްތަ ދުވަހުގެ ހަވީރު 3:00 ގެ ނިޔަލަށް ހުޅުވާލައި މިކޮމިޝަނުން ކޮށްފައިވާ ނަންބަރު:(A)CA-2015/5 (18 ޖަނަވަރީ 2015) އިޢުލާނާ ގުޅިގެން، މި ބައި-އިލެކްޝަނަށް ކުރިމަތިލާފައިވަނީ އެންމެ ފަރާތަކުންނެވެ. އެއީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ކުރިމަތިލި ނ. މިލަދޫ،  ސަމަރބްލޫ، ނަޞްރުﷲ މުޙައްމަދުއެވެ.

ވީމާ، ޤާނޫނު ނަންބަރު:10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 24 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ނ. މިލަދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ކުރިމަތިލި ނ. މިލަދޫ، ސަމަރބްލޫ، ނަޞްރުﷲ މުޙައްމަދު  އިންތިޚާބު ވެއްޖެކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

14 ރަބީޢުލްއާޚިރު 1436

04 ފެބުރުވަރީ 2015